އިންތިޚާބެއްގައި ވޯޓު ގުނުމުގެ ތެރެއިން - ފޮޓޯ: ފެށުން

އިތުރު 21 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 21 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަން ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުގެ ހުޅުވާލުމާ ގުޅިގެން 21 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.

އެގޮތުން ނަން އަނބުރާ ގެންގޮސްފައި ވަނީ ލޯކަލް ކައުންސިލަށް އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން 13 ކެނޑީޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 8 ކެނޑީޑޭޓެކެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ކެނޑީޑޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައިވާ ޕީޕީއެމްގެ ކެނޑީޑޭޓުންނަކީ ހއ. ދިއްދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ތިން ގޮނޑިއަށް ކުރިމަތިލީ ކެނޑީޭޓުންގެ ތެރެއިން ފާޠިމަތު ސުލްޠާނާތު، މާފޮޅޭގެ / ހއ. ދިއްދޫއާއި، ލ. ހިތަދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލީ ޢަލީ ރަޝީދު، ތެމާ / ލ. ހިތަދޫއާއި، ރ. ފައިނު ކައުންސިލްގެ މެންބަރު، ޢަބްދުލްޙަންނާން ޢަބްދުއްރަޙްމާން، ރޯޒަރީގެ / ރ. ފައިނުއާއި ށ. ފުނަދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލީ ކެނޑީޑޭޓުންގެ ތެރެއިން މަރްޔަމް ޢަލީ، ވައިޓްސްޓާރ / ށ. ފުނަދޫގެ އިތުރުން ހއ. ހޯރަފުށީ ކައުންސިލްގެމެންބަރު އަޙްމަދު ޝުޖާޢު، ތޯތާގޭއާގެ / ހއ. ހޯރަފުށިއެވެ.

އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައި ވަނީ ށ. ނޫމަރާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ، މުޙައްމަދު  ނިޒާރު، ކާރނޭޝަން ވިއު / ށ. ނޫމަރާއާއި، ށ. ނޫމަރާ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ވާދަކުރައްވާ ކެނޑީޑޭޓުންގެ ތެރެއިން ފާޠިމަތު ސަނާ، ޗާންދު / ށ. ނޫމަރާގެ އިތުރުން ހއ. މޮޅަދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ޙައްވާ އަހުދާ، ދިއްގާމާގެ / ހއ. މޮޅަދޫއެވެ.

އަމިލަ ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވާދަކުރައްވާ ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައި ވަނީ ގއ. މާމެންދޫ ކައުންސިލްގެރައީސްކަމަށް ވާދަކުރައްވާ މުޙައްމަދު ފުއާދު، ކަދޮޅުމާގެ / ގއ. މާމެންދޫއާއި، ފ. ނިލަންދޫ ކައުންސިލްގެމެންބަރު، މުޙައްމަދު ޢަޒީޒު، އުޑުވިލާގެ / ފ. ނިލަންދޫއާއި، ލ. ދަނބިދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލީ ކެނޑީޑޭޓުންގެ ތެރެއިން ޙައްވާ މިޒުނާ، މާވިނަ / ލ. ދަނބިދޫއާއި، ފ. ނިލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލީ ކެނޑިޑޭޓް ލިޔޫޝާ ޙަސަން، މީނާޒު / ފ. ނިލަންދޫގެ އިތުރުން ބ. އަތޮޅު ކައުންސިލްގެރައީސްކަމަށް ކުރިމަތިލީ ޢަބްދުލްމަޖީދު  ޙުސައިން، ވިނަރެސް / ބ. ތުޅާދޫއެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލީ ކެނޑީޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ކުރިމަތިލީ 2 ކެނޑީޑޭޓަކާއި، އެމްޑީޕީގެ 4 ކެނޑީޑޭޓަކާއި، ޕީޕީއެމްގެ ކެނޑިޑޭޓެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެކެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ