ނޭމާ ޕީއެސްޖީގައި މަޑުކުރަން ބޭނުންވާއިރު، އުންމީދު ކުރަނީ އެމްބާޕޭވެސް މަޑުކުރާނެކަމަށް

މުސްތަޤުބަލްގައި ޕީއެސްޖީގައި މަޑުކުރަން ބޭނުންވާކަމަށާއި، އަދި ފްރާންްގެ ތަރި ކީލިއަން އެމްބާޕޭވެސް ޕީއެސްޖީގައި މަޑުކުރާނެކަމަށް އުންމީދު ކުރާކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފިއެވެ.

ޓީވީ ޗެނެލްއަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ނޭމާ ބުނީ، ޕީއެސްޖީގައި ހުރީ ވަރަށް އުފަލުންކަމަށާއި، އަދ ޕީއެސްޖީގައި މަޑުކުރަން ބޭނުންވާކަމަށެވެ.

"އެމްބާޕޭވެސް މަޑުކުރަން ބޭނުންވާނެކަމަށް އުންމީދުކުރަން." ނޭމާ ބުންޏެވެ.

ނޭމާ އިތުރަށް ބުނީ، ޕީއެސްޖީއަކީ ބޮޑު ކްލަބެއް ކަމަށާއި، ގިނަ ކާމިޔާބީތަކެއް ޕީއެސްޖީއާއެކު ހޯދަން ބޭނުންވާކަމަށެވެ. އަދި ކްލަބަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށް ނޭމާ ބުނީ، އެބަދަލަކީ އޭނާގެ ސަބަބުން ނުވަތަ އެހެން ސަބަބަކުން އައި ބަދަލެއްކަމުގައި ވީނަމަވެސް އެކަމާ މިއަދު ވަރަށް އުފާވާ ކަމަށެވެ.

ނޭމާ ޕީއެސްޖީއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 30 ޖޫން 2022 އަށެވެ.

މީގެ މަހެއްހާ ދުވަސްކުރިންވެސް ނޭމާ ޕީއެސްޖީއާއެކު އާ އެއްބަސްވުމަކަށް އައިސްފައިވާކަމަށް ރިޕޯރޓްތައް ކުރި ނަމަވެސް، ރަސްމީކޮށް އެއްވެސް ފަރާތަކުން މިހާތަނަށް އެކަން އެއްވެސް މީޑިއާއަކަށް ހާމަކޮށްފައެއްނުވެއެވެ.

އުމުރުން 28 އަހަރުގެ ނޭމާ ގެންދަން ކުުރީގެ ބާސެލޯނާއިން މިދިޔަ ސީޒަންގައި ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އެކަން ކާމިޔާބުވެފައިނުވަނީ ޕީއެސްޖީއިން އެކަމަށް ހުރަސް އެޅުމުންނެވެ. ޚުދު ނޭމާވެސް އެނބުރި ބާސެލޯނާއަށް ދާން ބޭނުންވާކަމަށް އޭރު ރިޕޯރޓްތަކުގައި ވެއެވެ.

ލީގު1 ގައި އެންމެ ފަހުން ކުޅުނު މެޗުން ޕީއެސްޖީ ބަލިވެފައިވާއިރު، ތާވަލްގެ ތިންވަނާގައި ޕީއެސްޖީ އޮތީ 22 މެޗުން ލިބުނު 45 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ