މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ވެރިރަށް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ.ގުލްސަމީމާގޭގައި ކަމަށެވެ. މިރޭ 19:32 ހާއިރު ލިބުނު މިރިޕޯރޓާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިއު ޓީމު އެޓެންޑްވެ އަލިފާންގަނޑު 19:47 ހާއިރު ނިއްވާލާފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އަލިފާން ރޯވެފައިވަނީ އެގޭ ފުރާޅުމަތީގައި ހުރި ކުނިތަކެއްގައެވެ. އަލިފާންފަނޑު މިހާރު ނިއްވާލާފައިވާއިރު، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށްވެސްވަނީ ވިދާޅުވެފައެވެ.

ފުރާޅުގައި އަލިފާން ރޯވެފައިވާ ސަރަޙައްދު - ފޮޓޯ: އެމްއެންޑީއެފް
މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ