އަނގައިން ކުޅު ނެގުމަށްފަހު ކުޅު ތަހުލީލުކޮށް ކޮވިޑް-19 ބަލި ޖައްސާ ވައިރަސް ހުރިކަން ދެނެގަނެވޭ ޓެސްޓެއް އުފެއްދި ފުރަތަމަ މީހާ މަރުވެއްޖެއެވެ.
ކުޅު ބޭނުންކޮށްގެން ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ފުރަތަމަ ހޯދި ރިސާޗް ޕްރޮފެސަރ އެންޑްރޫ ބްރޫކްސް މަރުވެފައި ވަނީ ކުއްލި ގޮތަކަށެވެ.
އޭނާ މަރުވިއިރު އުމުރަކީ 51 އަހަރެވެ. އެންޑްރޫ އަކީ، ނިއު ޖާރސީގެ ރަޓްގާ ޔުނިވާސިޓީގައި މަސައްކަތް ކުރި ޕްރޮފެސަރ އެކެވެ.
އެނާ ވަނީ ކުޅުން ކޮވިޑް އަށް ޓެެސްޓްކުރެވޭނެ ގޮތް އުފައްދާފައެވެ. އަދި މިއީ އެފް.ޑީ.އޭ އިން ހުއްދަ ދިން ފުރަތަމަ ކުޅުން ޓެސްޓު ކުރެވޭ ކޮވިޑް ޓެސްޓެވެ. އެގޮތުން މި ޓެސްޓު ހެދުމުގެ ހުއްދަ ފުޑް އެންޑް ޑަރަގް އެޑްމިނިސްޓްރޭޝަން އިން ދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.
އޭގެ އެއް މަސްފަހުން މި ޓެސްޓު ގޭގައި ބެނުންކުރުމުގެ ހުއްދަވެސް އެފް.ޑި.އޭ އިން ވަނީ ދީފައެވެ.




