އިހަވަންދޫ ފިހާރައަކުން ވަގަށްނެގި ފައިސާ ހޯދައި ދެ މީހަކު ހައްޔަރުކޮށްފި

ހއ. އިހަވަންދޫ ފިހާރައެއް ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހައްޔަރުކޮށް އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަހުގީގު ކުރަންފަށައިފިއެވެ.

އިހަވަންދޫ ފިހާރައެއް ފަޅާލައި އެ ފިހާރައިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް މިދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެ މައްސަލައާ ގުޅިގެން އެ ފައިސާ ހޯދުމަށް ފުލުހުންގެ ތަހުގީގުގެ ތެރެއިން ގިނަ މަސައްކަތްތެއް ކޮށްފައިވެއެވެ. އެގޮތުން، ވަގަށް ނަގާފައިވާ 230,000 ރުފިޔާގެ ތެރެއިން 72،620 ރުފިޔާ މިހާތަނަށްވަނީ ހޯދާފައެވެ. އެ ފައިސާ ހޯދާފައިވަނީ މޫދުންނާއި އެރަށު ގެއެއްގައި ފޮރުވާފައި ހުއްޓައެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ