ގެއްލިގެން ހޯދަމުން ދިޔަ ސައިކަލެއް ފޭސްބުކް ޕޭޖެއްގައި ވިއްކުމަށް ޖަހާފައި ހުއްޓާ ފެނިއްޖެއެވެ.
"މޯލްޑިވްސް ބިޒްނަސް ގްރޫޕް"ގައި 15000ރ އަށް ވިއްކަން ޖަހާފައި ހުއްޓާ ފެނިފައިވަނީ ރޭ މެންދަމު 01:46 ގައި ބާޖަމާލުއްދީން ސްކޫލް ކުރިމަތިން ނިކަގަސްމަގުން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ޔަމަހާ ނޮއުވާ ބްރޭންޑުގެ ގަދަ ރަތްކުލައިގެ ސައިކަލެކެވެ.
ރަޖިސްޓަރީ ނަންބަރު AAOE P1368 ވިއްކަން ޖަހާފައި ހުއްޓާ ފެނިފައިވާއިރު، އެ ސައިކަލާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ނަންބަރު 3332111 ނުވަތަ 3322112 ނަންބަރު ފޯނާއި ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އެސައިކަލުގެ ފޮޓޯތަކާއި އެކު އެ ސައިކަލު ވިއްކާލަން ޖަހާފައިވާ މީހާ ބުނެފައިވަނީ، ސައިކަލުގެ ކޮންޑިޝަން ރަނގަޅުވާނެ ކަމަށާއި، ޓެސްޓް ރައިޑަކަށް 9756272 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށެވެ.
Help us to locate the following Motorcycle, reported lost on 11th June 2019 at 0146hrs.
— Maldives Police (@PoliceMv) June 11, 2019
Reg No:AAOE P1368
Model: Yamaha Nouvo
Color: Dark Red
Location: Nikagasmagu / Baajamaaludheen school kurimathi
If found please contact 3332111 or 3322112.
ގެއްލިގެން ހޯދަމުން ދިޔަ ސައިކަލު ވިއްކަން ޖަހާފައި ވުމުން ފުލުހުންގެ އިންޓެލް އިންވެސްޓިގޭޝަން ޑިޕާޓުމެންޓުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.




