މޫސުން ގޯސްވެ ށ. އަތޮޅުން ދ. އަތޮޅަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވަނީ، ވައިގަދަވާނެކަމަށް ލަފާކޮށް، ށ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން އެ ސަރަހައްދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 02:00 އިން ފެށިގެން ރޭގަނޑު 08:00 އާއި ހަމައަށެވެ.
Alert white for strong winds and rough seas pic.twitter.com/2avRruTFCj
— Maldives Meteorology (@MetMaldives) February 4, 2021
ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާ ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓްއޮފީހުން ވިދާޅުވިއެވެ.
"އުތުރާއި މެދުރާއްޖޭތެރެގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކުގައި އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.




2 Responses
މޫސުމް ގޯސްވީމާ ށ.އަތޮޅުން ލ.އަތޮޅަށް ބޮޑުކަމު ހިނގައްޖެ. ސެއްޅި ތިބުނަނީ ވެސް ހެޔޮކޮށް.
ށ.އަތޮޅުން ދ.އަތޮޅަށް ސީލައިފި.
ފެންވަރު ނެތިއްޔާ ނުލިޔަންވީނު. އަނެއްކާ ލަދުގަންނަން ވެސް ނޭނގޭނެ.