ޗައިނާއިން ރާއްޖެއަށް އެއްލައްކަ ޑޯޒް ވެކްސިން ދެނީ

ރާއްޖެއަށް ޗައިނާއިން އެއްލައްކަ ޑޯޒް ކޮވިޑް ވެކްސިން ދިނުމަށް ނިންމައިފިއެވެ.

ޗައިނާއިން އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޖަންގް ލީ ޖޮންގް ވަނީ އެ ޤައުމުން ދިވެހިރާއްޖެއަށް 100،000 ޑޯޒް ވެކްސިން ދިނުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

ސަފީރު ވަނީ ރާއްޖޭގެ ޕޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއާއިވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި އެ ޤައުމުން ދިވެހިރާއްޖޭއަށް 100،000 ޑޯޒް ކޮވިޑް ވެކްސިން ދިނުމަށް ނިންމާފައިވާކަން ވަނީ ހާމަ ކުރައްވާފައެވެ.

ޗައިނާ އިން ރާއްޖެއަށް ދޭން ނިންމާފައި ވަނީ ކޮން ވެކްސިނެއް ކަމެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ޗައިނާގައި އުފައްދާ ފައިވާ ކޮވިޑް ވެކްސިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. އެގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީގު ވިދާޅުވެފައި ވަނީ ޗައިނާ އިން އުފެއްދާފައިވާ ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ހެޔޮއެދޭ ފަރާތްތަކުން ފެބުރުވަރީ 01 ވަނަ ދުވަހު ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

ޗައިނާގައި އުފައްދާފައިވާ ކޮވިޑް ވެކްސިން ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިހާރު ދަނީ ބޭނުން ކުރަމުންނެވެ.

ޗައިނާ އިން ރާއްޖެއަށް ވެކްސިން ދިނުމަށް ނިންމާފައިވާއިރު، ރާއްޖޭގައި މިހާރު ވަނީ ކޮވިޑް ވެކްސިން ރައްޔިތުންނަށް ދޭން ފަށާފައެވެ. ރާއްޖޭގައި މިހާރު ދެމުން ދަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި "ކޮވިޝީލްޑް" ވެކްސިންގެ 100،000 ޑޯޒްއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ