ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި މަކުނުދޫގައި އެކްސިޑެންޓެއް

ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ހދ. މަކުނުދޫގައި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތުގައެވެ.

މި އެކްސިޑެންޓާ ގުޅުގެން ފުލުހުން ބުނެފައިވަނީ އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. މިއަދުގެ މެންދުރުފަހު 2:30 ހާއިރު މި އެކްސިޑެންޓްގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފައިވާއިރު، އިތުރަށް ބުނެފައިވަނީ އެކްސިޑެންޓްވީ ސައިކަލު ދުއްވަން އިނީ ލައިސެންސް އޮންނަ މީހެއްކަމުގައެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓްވީ ސައިކަލު ދުއްވާފައި ދިޔައީ ބާރު ސްޕީޑުގައިކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓްވީ ދެ މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ. އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ނުލިބުނުކަމުގައިވިޔަސް، އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Hussain

    Mihaaruves hdh.nelladhoo ga vess gavaaidhaahilaa dhunvaa thakethi dhunvaaka
    kamuge sakuvaa adhi sikuge sitica nah athah ulhadhah dhu vaathi baeah faraathah dhathi udhagoova

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ