7 ފެބްރުއަރީ "ބަޣާވާތު" ގެ ޒިންމާ އުފުއްލަވަން ޖެހޭނީ ރައީސް ނަޝީދު ކަމަށް އެމް.ޑީ.ޕީ ގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމް.ޑީ.ފީގެ ކުރީގެ ނައިބު ރައީސް އަދި އަމިއްލަ ގޮތުން މާލޭސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން މިހެން ވިދާޅުވީ7 ފެބްރުއަރީ2012 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ހާދިސާއަށް ނުވަ އަހަރު ފުރުމާދިމާކޮށް ކުރެއްވި ޓުވީޓެއްގައެވެ. އަލްހާން ވިދާޅުވީ ދިވެހި ޑިމޮކްރަސީގެ ޅަފަތުގައި "ބަޣާވާތެއް" ގެ ތުންފަތް މައްޗައް ވައްޓާލުމުގެ ސިޔާސީ ޒިންމާ، އެދުވަހު އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު އުފުއްލަވަން ޖެހޭނެ ކަމަށެވެ.
2012 ފެބްރުއަރީ7 ގައި ރައީސް ނަޝީދު އިސްތިއުފާދެއްވަން ޖެހުނު ހާދިސާއަކީ "ބަޣާވާތެއް" ކަމުގައި އެމް.ޑީ.ޕީގެ އިސްވެރިންނާއި އާންމު މެންބަރުން މިއަދުވެސް ޤަބޫލުކުރާއިރު، އަލްހާން އަކީ އެދުވަހު ހިނގާދިޔައީ "ބަޢާވާތެއް" ކަމަށް އެންމެ ފުރަތަމަވެސް ސިފަކުރެއްވި ބޭފުޅުންތެރޭގައި ހިމެނިވަޑައިގަންނަވައެވެ.
#7ފެބްރުއަރީ - ބަޣާވާތަށް 9 އަހަރު ! #ބަޣާވާތެއްގެ ތުންފަތް މައްޗަށް ދިވެހި #ޑިމޮކްރަސީ ޅަފަތުގައި ވައްޓާލުމުގެ ސިޔާސީ ޒިންމާ އުފުއްލަވަން ޖެހޭނީ އިސްތިއުފާ ދެއްވާ މައިދާން ދޫކުރައްވާ ފިއްލެވި ކޮމަންޑަރ އިން ޗީފް @MohamedNasheed
އެމްޑީޕީގެ ޢާންމު މެމްބަރުންގެ ހިތްވަރަށް ސާބަސް! pic.twitter.com/amNbcXwsCA— ???????????????????? ???????????????????? - ???????? (@AlhanFahmy) February 6, 2021
އެމް.ޑީ.ޕީ އިން އެދުވަހު ހިނގާ ދިޔައީ "ބަޣާވާތެއް" ކަމުގައި ބުނަމުން ދިޔަކަމުގައި ވިޔަސް، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ހާދިސާ ތަހުގީގުކުރުމަށް އެކުލަވާލި 'ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ' އިން ނިންމާފަިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުގައި ޣައިރު ޤާނޫނީ ކަމެއް ހިނގާފައިނުވާ ކަމަށެވެ.
ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވި ހާދިސާއަށް މިއަދު ނުވައަހަރު ފުރޭއިރު، އެމް.ޑީ.ޕީ އިން "ބަޣާވާތު"ގެ އިސްވރިންކަމުގައި ތުހުމަތުކުރަމުން އައި ގިނަ ސިޔާސީ ފަރާތްތަކެއް މިއަދު ތިބީ އެމް.ޑީ.ޕީ ކޯލިޝަން ސަރުކާރުގެ އިސް މަޤާމުތަކުގައެވެ.




