"ހިޔާ" މަޝްރޫޢަށް ހުށަހެޅި ޝަކުވާގެ ޖަވާބު ލިބިފައިނުވާނަމަ އަންގަން އެދެފި

"ހިޔާ" މަޝްރޫޢަށް ހުށަހެޅި ޝަކުވާގެ ޖަވާބު ލިބިފައިނުވާނަމަ އަންގަން އެދެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، "ހިޔާ" މަޝްރޫޢުގެ ކެޓަގަރީތައް މި ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅުއްވާފައިވާ ހުރިހާ ޝަކުވާއެއް މި ކޮމިޓީއިން ދިރާސާކޮށް، ޝަކުވާގެ ޖަވާބު ލިޔުމުން، ޝަކުވާ ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް އީމެއިލް ކުރެވިފައިވާނެކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ދެއްވާފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވަރނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސްވަނީ ވިދާޅުވެފައެވެ.

އެހެންކަމުން "ހިޔާ" މަޝްރޫޢަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހަޅުއްވާފައިވާ އެއްވެސް ފަރާތަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައިނުވާނަމަ، އެފަރާތެއްގެ އައިޑީކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް، މާދަމާ، 2021 ފެބްރުވަރީ 8 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން 7761108 ނުވަތަ 7226016 އަށް މެސެޖްކުރުމަށްވަނީ އެދިފައެވެ.

"ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ނެރެފައިވާވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުތައް

ކެޓަގަރީ

ތާރީޚު

H4, H5, H8 އަދި H10

24 އޮގަސްޓު - 14 ސެޕްޓެންބަރު 2020 އަށް

H9

21 ސެޕްޓެންބަރު - 4 އޮކްޓޫބަރު 2020 އަށް

H6

4 ނޮވެންބަރު - 16 ނޮވެންބަރު 2020 އަށް

H7

1 ޑިސެންބަރު - 13 ޑިސެންބަރު 2020 އަށް

ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ

28 ޑިސެންބަރު – 2 ޖަނަވަރީ 2021 އަށް

ވަގުތީ ލިސްޓް އިޢުލާންކޮށްފައިވާ ކެޓަގަރީތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް އެކުލަވާލެވިފައިވާ މިންގަނޑާގުޅޭ

30 ޑިސެންބަރު – 5 ޖަނަވަރީ 2021 އަށް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ