ދިވެއްސަކައްވެސް ޖެނީފަރ ލޮޕޭޒަށް ވެވިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޑީއާރުޕީ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ، "މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީނ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި"، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅި ޤަރާރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުންނެވެ.
ޖާބިރު ވިދާޅުވީ މިފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، ފަންނާނުން މަޖިލީހަށް ހާޒިރުކޮށް އެ ފަންނާނުން ބޭނުންވާ ކަންކަމަށް ރިއާޔަތްކުރެވިގެން މައްސަލަތަކަށް ހައްލު ހޯއްދަވަން ބޭނުންފުޅުވާ ކަމަށެވެ.
"މިޤައުމުގެ މީހަކު ވެދާނެ އެމެރިކާގެ އެންމެ މޮޅު ލަވަކިޔުންތެރިޔާއަށްވެސް، ޖެނީފަރ ލޮޕޭޒްއަށްވެސް. ކިހިނެތްތޯ އެޔެއް އެނގޭނީ." ލަވަޔާއި މިއުޒިކްގެ ދާއިރާ ކުރިއަރުވަންޖެހޭކަމަށް ވިދާޅުވެ ވާހަކަދައްވަމުން ޖާބިރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިކަންކަން ނުވެގެން މިއުޅެނީ ދުލުގެވެސް މިނިވަންކަމެއް ނެތް، ސިކުންޑީގެ މިނިވަންކަމެއްވެސް ނެތް، ލަވައެއް ލިޔުމުގެ މިނިވަންކަމެއްވެސް ނެތް. ނެށުމުގެ މިނިވަންކަމެއްވެސް ނެތް، އެއްކަމެއް ކުރުމުގެ މިނިވަންކަމެއްވެސް ނެތް. މިނިވަންކަން ނެތުނީމާ މައްސަލައަކީ. ސިޔާސީ ކަމެއް ކުރުމުގެ މިނިވަންކަމެއްވެސް ނެތް. މި މަޖިލީހަށް އައިސް ވާހަކަދެއްކުމުގެ މިނިވަންކަމެއްވެސް ނެތް." ރާއްޖޭގައި ކަންކަން ހުރިގޮތްކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، މި ދާއިރާ ކުރިއެރުވޭނީ ބޭރުދުނިޔޭގެ ތަހުޒީބު ޤައުމުތައް ހިނގާމަގުން މިރާއްޖެވެސް ހިނގައިގެން ކަމަށެވެ.
"އެންމެ ފަހުން މި އިންތިހާބު ކާމިޔާބުވެގެން ކާށިދޫގައި އަޅުގަނޑު ބޭނުންވީ ޝޯއެއް ބާއްވަން. ފިރިހެން ބޭފުޅުން ނަށަން ތިބީ އަންހެން ހެދުންލައިގެން، މިރާއްޖޭގައި، ތަންކޮޅެއް ބޮޑުވަރެއްނޫންތޯ މިއީ! މިރާއްޖޭގައި މިއުޒީޝަނުންނަށާއި ފަންނާނުންނަށާއި މިއުޒިކް ކުރިއަރުވައި އޭގެންވެސް އާމްދަނީ ލިބޭނެ ގޮތަށް، ބޯކޮށް، ބޮޑުކޮށް، ދުނިޔޭގެ ލެވެލްގައި އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަންވީ. ރާއްޖޭގެ ފަންނާނުން ކުރިއަރާނީވެސް އޭރުން." ޖާބިރު ވިދާޅުވިއެވެ.




3 Responses
ޖާބިރު ވާންވީ “ ޖާބެ ލޮޕޭސް “ އަށް. އޭރުން ނަލަވާނެ. ދިޔާނާ ލައްވާ ނަށްޓުވާނީ. ހިތްގައިމު ވާނެ.ދިޔާނާގެ ނެށުން ވަރަށް ރީތިވާނެ.
ކަލެއަށް ރާބުއިމުގެ މިނިވަންކަން އެބައޮތެއްނު
Music kulhumaky huhdha kameh nama ekamun azaabun libenvy keevvetha