ފޮޓޯ: މަޖިލިސް ގެލެރީ

ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގައި ލޯ ލާރިއެއްވެސް ނެތް: ޖާބިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ދައުލަތުގައި ލޯ ލާރިއެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިފަދައިން ވިދާޅުވެފައިވަނީ، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމް ދިނުމަށް ހުށައަޅާފައިވާ ގަރާރަށް ވާހަކަ ދައްކަަމުންނެވެ.

މި ގަރާރަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ހާލަތު ގޯސްވެގެންދާ ދަނޑިވަޅުގައި އެހެން ގައުމުތަކުގެ ރިޒަރވްގައި ފައިސާ ހުންނަ ކަމަށާއި ނަމަވެސް މި ސަރުކާރު އައިރު ދައުލަތުގެ ރިޒަރވްގައި ލޯ ލާރިއެއް ވެސް ނެތް ކަމަށެވެ.

"އެހިސާބުން ޖެހުނީ ރާއްޖޭގެ ކަންކަން ތަރުތީބުކޮށް އޭރު ނަގާފަހުރި ލޯނުތައް ދައްކަން. މިއަދު ލޯނެއް ވެސް ނެގުން މަނާ. މި ސަރުކާރު ކުންފުންޏެއްގެ ހިއްސާ ވިއްކުން ވެސް މަނާ. އަޅުގަނޑު ހިތަށް އަރަނީ ކޮބާތޯ ކިހިނެއްތޯ މި ސަރުކާރަށް ލާރި ލިބޭނީ. އެބަޖެހޭ ކޮމާޝަލް ބޭންކިން ސެކްޓަރ ހުޅުވާލަން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކޮމަރޝަލް ބޭންކެއް ނެތްއިރު، ރާއްޖޭގައި ހުންނަނީ އެސްބީއައިގެ ވެސް ބްރާންޗެއް ކަމަށެވެ. އަދި ދެން ހުންނަނީ ބޭންކް އޮފް މޯލްޑިވްސް ކަމަށާއި އެތަންވެސް އުޅެނީ ދެތިން ހަތަރު ވިޔަފާރިވެރިއެއް ހިސޯރު ކޮށްގެން ކަމަށެވެ. އަދި ބީއެމްއެލް އިން ވެސް ޕްރޮޖެކްޓަކަށް ފައިނޭންސް ނުދޭކަމަށް ޖާބިރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ވާނުވާ

    ބޮއެެގެން މީހުންގޮވާ ކޮހަކީ ޚަބަރެއްނޫން. މީގެ ތަފްސީލު ދީފައޮތީ ވެރިކަން ބަދަލުވެގެން ހުވާކުރެއްވި ބޭފުޅާ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ