ފުލުހުންނަށްވެސް ވެކްސިން ދޭން ފަށައިފި

ކޮވިޑް-19 އިގެ ބަލިމަޑުން އަރައިގަތުމަށްޓަކައި ގައުމީ ފެންވަރުގައި ފަށާފައިވާ ވެކްސިންދިނުމުގެ ކެމްޕެއިންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ޕޮލިސް މެޑިކަލް ސަރވިސްއިން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފަށާފައިވަނީ މިިއަދު އިސްކަންދަރު ކޮށީގައެވެ. ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ ކޮންމެ މުވައްޒަފަކަށްވެސް ވެކްސިން ޖެހުމުގެ ފުރުސަތުވަނީ ހުޅުވާލާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިއަދުގެ މިހާތަނަށް، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 240 އަށްވުރެ ގިނަ މުވައްޒަފަކު ފުރިހަމަކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ