ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު | ފޮޓޯ: މިހާރު

"އިދިކޮޅު އޮތީ ރަނގަޅަށް ރޭވިފައި، މާދަމާކުރާނީ ކޮންކަމެއްކަންވެސް ސަރުކާރަށް ނޭނގޭނެ"

އިދިކޮޅު ކޯލިޝަން އޮތީ ވަރަށް ރަނގަޅަށް ސްޓްރަކްޗާރ ކުރެވިފައިކަމަށާއި، މާދަމާ ކުރާނީ ކޮންކަމެއްކަންވެސް ސަރުކާރަށް ނޭނގޭނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާޙިމް ޝުޖާއު ވިދާޅު ވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ނުކުމެ ވަޑައިގެން މީޑިއާ ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދާޅުވީ، އަދުގެ ސަރުކާރުގެ މަޤްޞަދަކީވެސް އަދި ބޭނުމަކީވެސް އިދިކޮޅުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވާލުންކަމަށާއި، ނަމަވެސް އެއީ އަދުގެ ސަރުކާރަށް ވާނޭކަމެއް ނޫންކަމެއްކަމަށެވެ.

"މިހާރު ސަރުކާރަށް އެނގޭނެ ޕީޕީއެމްއަކީ އަޅުގަނޑަކަށް ވަކިކަމެއް ކޮށްގެން އަދި ރައީސް ޢަބްދުއްރަޙީމް ސިސްޓަމުން ބޭރުކޮށްގެންވެސް ޙަރަކާތްތައް ހުއްޓުވޭނެ ޕާޓީއެއް ނޫންކަން" ޝުޖާޢު ވިދާޅުވިއެވެ.

އަދި ފުލުހުންނަށް ހުރަސްއެޅިކަމަށްބުނެ ޝުޖާޢުއަށް ފުލުހުންކޮށްފައިވާ ތުޙުމަތަކީ ތާކުންތާކު ނުޖެހޭ ތުޙުމަތެއްކަމަށާއި، ސަރުކާރަށް ފާރަވެރިވުމަކީ އިދިކޮޅު ޕާޓީން ކުރަންޖެހޭކަމެއްކަމަށް ޤާނޫނޫގައިވެސް ބުނެފައިވާކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިހާރު އަދާކުރަމުންދަނީ ޤާނޫނީ އެމަސްއޫލިއްޔަތުކަމަށާއި، އެކަންކުރުމަށް ވަކިތަނެއް ނެތްކަމަށެވެ. ޤާނޫނީ އެމަސްއޫލިއްޔަތު އަދާކުރުމަށް ކަނޑުމައްޗަށްވެސް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ގެ ކައިރިއަށްވެސް ރައީސް އޮފީހަށްވެސް އަދި ދަރުބާރުގެއަށްވެސް ދާންޖެހިދާނެކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
4112
ގުޅުންހުރި ލިޔުންތައް

2 Responses

  1. އަމާން

    އަނެއްކާ ވެސް ފާތުމަ ވެރިކަމަށް ގެންނަން. މިފަހަރު ހިތާވާނީ އަދުރެއާބާ! އަދީބު ފާތުމަޔަށް ސަލާމް ބުނި.

  2. eemuhaf

    Miharu nukurevene bagaivaiy

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ