ޝޫޓިންގެ ތެރެއިން ކްރިސް އަށް އަނިޔާވެއްޖެ!

ފިލްމް ޝޫޓިންގެ ތެރެއިން އެކްޓަރު ކްރިސް ހެމްސްވޮތްގެ އަރިކައްޓަށް އަނިޔާވިކަން ހާމަވެއްޖެއެވެ. އޭނާ ވަނީ މިދިޔަ ދުވަސްތަކުގައި މިކަމަށް ފަރުވާ ހޯދައިފައެވެ.

ކްރިސް ހުރީ މާވެލްގެ ފިލްމް "ތޯ:ލަވް އެންޑް ތަންޑާ" ގެ ޝޫޓިންއަށް އޮސްޓްރޭލިއާއަށް ގޮހެވެ. އަދި އޭނަގެ އަރިކައްޓަށް ތަދުވެފައިވާއިރު، މި ފިލްމްގެ ޝޫޓިންގެ ތެރެއިން އެކަމަށް ފަރުވާ ހޯދާފައިވަނީ ޕްރައިވެޓް ހޮސްޕިޓަލަކުން ކަމަށް ބޭރުގެ ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ކްރިސް އަށް އަނިޔާވެފައ ވަނީ، ކިހިނެއް ކަމެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އޭނަގެ ހާލު މިހާރު ރަނގަޅުކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

"ތޯ"ގެ ސިލްސިލާ ފިލްމްތަކުގެ ތެރެއިން "ލަވް އެންޑް ތަންޑާ" އަކީ ކްރިސް ކުޅޭ މި ސިލްސިލާގެ 4 ވަނަ ފިލްމެވެ. އަދި މުޅިއަކު މާވެލްގެ ފިލްމްތަކުގެ ތެރެއިން މިއީ އޭނާ ކުޅޭ 8 ވަނަ ފިލްމެވެ.

“ޓެއިކާ ވައިޓިޓި” ޑައިރެކްޓް ކުރާ މި ފިލްމް އިން ކްރިސް ހެމްސްވޮތް ފެނިގެންދާއިރު ނެޓަލީ ޕޯޓްމަން މި ފިލްމްއިން އަނެއްކާވެސް އެނބުރި އަންނާނެއެވެ. ނެޓަލީ ޕޯޓްމަން މިފަހަރު ފެނިގެންދާނީ “ތޯ”ގެ އަންހެން ސުޕަހީރޯ އެއް ގޮތަށެވެ. މީގެ އިތުރުން "ވެލެކަރީ" ގެ ރޯލު އަދާކުރި އެކްޓްރެސް ޓެސާ ތޮމްޕްސަންވެސް މި ފިލްމުން ފެނިގެންދާނެއެވެ.

.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ