ޝޫޓިންގެ ތެރެއިން ބިއްލޫރި ގަނޑެއް ތަޅައިގެން ގޮސް ޖެނިފާ ލޮރެންސްއަށް އަނިޔާވެއްޖެ

ޖެނިފާ ލޮރެންސްގެ ކުރިއަށް އޮތް ފިލްމްގެ ޝޫޓިންގައި އުޅެނިކޮށް އޭނައަށް އަނިޔާވެފައިވާކަމަށް ޙަބަރުގައި ރިޕޯޓުކޮށްފިއެވެ.

އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ ޖެނިފާ މިހާރު އަންނަނީ އޭނަގެ ކުރިއަށް އޮތް ފިލްމް "ޑޯންޓް ލުކް އަޕް"ގެ ޝޫޓިންގައި ވަރަށް ބިޒީކޮށް މަސައްކަތް ކުރަމުންނެވެ. އަދި މި ފިލްމްގެ ސެޓުގައި ބިއްލޫރު ގަނޑެއް ތަޅައިގެން ގޮސް ޖެނިފާގެ މޫނަށް ހެރިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މަސްދަރަތުކުން ބޭރުގެ ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ، ފިލްމްގެ މަންޒަރެއް ނެގުމަށް ހަމަ އަސްލުގައިވެސް ބިއްލޫރި ގަނޑޫ ތަޅާލުމުގެ ތެރެއިންނެވެ.

ބިއްލޫރިގަނޑު ތަޅައިގެން ގޮސް ބިއްލޫރި ކޮޅުތައް ޖެނިފާގެ މޫނަށް އަނިޔާވެފައިވާއިރު، ލޮލާއި ވަރަށް ކަރިއަށްވެސް ބިއްލޫރި ކޮޅު ހެރިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް މާ ބޮޑޫ އަނިޔާއެއް ލިބިފައިނުވާއިރު، ޖެނިފާގެ ހާލު މިހާރު ރަނގަޅުވެ ފިލްމްގެ ޝޫޓިން ފެށޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ މި ފިލްމްގައި ޖެނިފާ ފެނިގެންދާނީ އެކްޓަރު ލިއަނާޑޯ ޑިކޭޕްރިއޯ އާއެކުއެވެ. މިއީ ސިޔާސީ ކޮމެޑީއެވެ. މި ފިލްމް ރިލީޒްކުރާނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ ފަހުކޮޅުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ