ހަފްތާއެއްގެ ތެރޭގައި 2.8 މިލިއަން ރުފިޔާގެ ޖޫރިމަނާ ކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވެގެން މިމަހުގެ މިހާތަނަށް 2500 ވުރެ ގިނަ މީހުން ޖޫރިމާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ.

ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 31 އިން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 1،551 މީހަކު ވަނީ މާސްކް ނާޅައި ބޭރުގައި އުޅުމުގެ ސަބަބުން ޖޫރިމަނާކޮށްފައެވެ. އަދި މަނާ ގަޑިތަކުގައި ވެހިކަލް ދުއްވައިގެން 988 މީހަކާ 271 ވެހިކަލެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އާ އުސޫލު ބުނާ ގޮތުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކަށް އާންމު ފަރުދަކު އަމަލު ނުކޮށްފިނަމަ ފުރަތަމަ 1،000 ރުފިޔާ، ދެވަނަ ފަހަރު 3،500 ރުފިޔާ، އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ދެން ތަކުރާރު ކުރާ ކޮންމެ ފަހަރަކު ޖޫރިމަނާ ކުރާނީ 10،000 ރުފިޔާއިންނެވެ.

ކޮވިޑުން ރާއްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރީ މިދިޔަ މަހުގެ 31 ވަނަދުވަހުއެވެ. އެދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ރޭގަނޑު 08:30 ފެށިގެން ފަތިހު 04:00 އަށް އެއްގަމު އުޅަނދު ދުވުން ވަނީ މަނާކޮށްފައެވެ. އަދި ދަންވަރު 11:30 ފެށިގެން ފަތިހު 04:00 މާލޭގައި މަގުމައްޗަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި މިމަހުގެ 7 ވަނަދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އަޅަައިގެން އުޅުން ވަނީ މަޖްބޫރުކޮށްފައެވެ.

އެޗްޕީއޭޢއިން އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތައް 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ. އަދި ޤަވައިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރާނީ އެއްވެސް ނަސޭހަތެއް ދިނުމަށް ނެތިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ