ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެދޫކޮށް ފުރައިފިއެވެ.
އޭނާ ފުރާފައިވަނީ ޓާކިޝް އެއާލައިން ލަންޑަނަށް ދިޔުމަށެވެ.
އަލީ ވަހީދު މިިނިސްޓަރުކަމުން ވަކިކޮށްފައި ވަނީ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ވެސް ކުރި މައްސަލައެއްގައެވެ.
އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ.
މިއީ ދިވެހި ދައުލަތުގެ މިނިސްޓަރުކަމުގައި ހުންނެވި ބޭފުޅެއްގެ މައްޗަށް ޖިންސީ ގޯނާގެ މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ފުރަތަމަ ފަހަރެވެ.
ފެށުން އަށް އެނގިފައިވާގޮތުން އިއްޔެ އޮތް އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ވަނީ ބާތިލް ކޮށްފައެވެ. އެ އަމުރު ބާތިލްކޮށް ވަނީ ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދުގެ ޑޮކަޓަރަކު ހާޒިރުކޮށް، އެ ޑޮކްޓަރު އަލީ ވަހީދުގެ މައިބަދައިގެ ޑިސްކްތަކެއް ގުޑާފައިވާކަމަށް ބުނުމާއި ގުޅިގެންނެވެ.
(ތަފްސީލް އަންނަނީ)