މިޔުޒިކް ހަރާމޭ ބުނުމަކީ މުޖުތަމަޢު ރޫޅާލުން: ރައީސް ނަޝީދު

މިޔުޒިކް ހަރާމޭ ބުނުމަކީ މުޖުތަމަޢު ރޫޅާލުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިޔުޒިކް އަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށާއި، އަދި ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ މުޖުތަމައު ރޫޅާލުންކަމަށެވެ.

މިޔުޒިކަކީ އިސްލާމް ދީނުގައި ހުއްދަ އެއްޗެއް ކަމަށް ބުނެ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގައްނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިދިޔަ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވަނީ ވަކާލާތު ކުރައްވައިފައިއެވެ.

އެގޮތުން "މިއުޒިކުން" އިސްލާމްދީނަށް ހިތްކިޔާގޮތްވާކަމަށް، ގަލޮޅު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އީވާ ޢަބްދުﷲ ވަނީ މިދިޔަ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

އީވާ މިހެން ވިދާޅުވީ، "މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީނ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި"، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅި ޤަރާރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުންނެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ދީނީ އިލްމްވެރިން ވަނީ ފާޑުކިޔުއްވާ މި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
113
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ