ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަންފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 40 އަހަރުގެ އަލަމިން މިއާ ކިޔާ މީހެއްކަމަށެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ BY0942817 އެވެ.
އަލަމިން މިއާ އާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791674 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިލައްވާފައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.



