މާރާމާރީ ދެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީން ހޯދަނީ

ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މާރާމާރީ ދެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 31 އަހަރުގެ މުޙައްމަދު ބޮކިލް ހޮަސައިން އާއި ބަނގުލަދޭޝް ރައްޔިތެއްކަމަށްވާ 41 އަހަރުގެ މުހަމަދުލް ހަސަން އެވެ.

މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 99110099 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިލައްވާފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން  ފާހަގަކޮށް ފުލުހުންވަނީ ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ