ކޮޕަޑެލްރޭ - ސެމީގެ ފުރަތަމަ މެޗުން ދަށްވެ ބާސާއަށް ހުރަސްތަކެއް

ކޮޕަޑެލްރޭގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ދަށްވެ ބާސެލޯނާއަށް ހުރަސްތަކާ ކުރިމަތި ވެއްޖެއެވެ.

ސެވިއްޔާއާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ބާސެލޯނާ ދަށްވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ސެވިއްޔާގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނަޓްގައި ކޯންޑޭ ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ޑިފެންޑަރު އުމްޓިޓީ ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށްވަދެ ގޯލްގެ ދުރުކަނަށް ފޮނުވާލި ބޯޅައަކުންނެވެ. ބޯޅަ ގޯލްގެތެރެއަށް ވަދެގެންދިޔައީ ކީޕަރު ސްޓެގަންގެ އަތުގެ އިނިގިލިތަކުގައިވެސް ޖެހުމަށްފަހުގައެވެ.

މިލަނޑާއެކު ސެވިއްޔާއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފުގައި ބާސެލޯނާއިން ކުރުން ރަނގަޅުކޮށް ހަމަލާތައް އިތުރުކުރިއެވެ. ނަމަވެސް ވިސްނުންތެރިކަމާއެކު ކުޅެމުންއައި ސެވިއްޔާގެ ގޯލް ފޫއަޅުވާލެވޭގޮތްވަނީ ނުވެފައެވެ.

ސެވިއްޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކުރިން ބާސެލޯނާއަށް ކުޅުނު ރަކިޓިޗެވެ. މެޗުގެ 85 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑާއެކު ދެލަނޑުގެ ލީޑެއްގައި އޮވެ ސެވިއްޔާއިން މެޗު ނިންމާލީ ދެވަނަ މެޗުގެ އުންމީދު ބޮޑުކުރުމަށްފަހުގައެވެ.

މިނަތީޖާގެ ސަބަބުން ބާސެލޯނާއަށް ދެވަނަަ މެޗުގައި ކުރަންޖެހޭ މަސައްކަތް މިވަނީ ބޮޑުތަނުން މުބާރާތުގައި ކުރިއަށްދިއުމަށް އިތުރުވެ އިތުރު ހުރަސްތަކާއި ކުރިމަތިވެފައެވެ. އަންނަ މާރޗްމަހުގެ 3 ވަނަ ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ސެވިއްޔާއަށް އިތުރު ލަނޑެއް ޖެހިޔަނުދީ މަދުވެގެން ދެ ލަނޑު ޖަހަން ބާސެލޯނާއަށް މިވަނީ މަޖުބޫރުވެފައެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގެ އަނެއް މެޗުގައި އެތުލެޓިކް ކްލަބާއި ލެވެންޓޭ ބައްދަލުކުރާއިރު އެމެޗުގެ ފުރަތަމަ ލެގު ކުޅޭނީ މިރެއެވެ. އެތުލެޓިކް ދަނޑުގައި ކުޅޭ އެމެޗު ފަށާނީ މިރޭ 01:00 ގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ