ދަނގެތީ ކޮމްޕާސް ބީޗް އަނދާ އަޅިއަށް، ހުޅުވިތާ ތިންްމަސް!

އދ. ދަނގެތީ ތަރައްޤީ ކޮށްފައިވާ ކޮމްޕާސް ބީޗް ރެސްޓޯރެންޓްގައި އަލިފާން ރޯވެ، އަނދައިފިއެވެ.

މިހާދިސާ ހިނގާފައިވާކަން ދަނގެތި ކައުންސިލް މެމްބަރު މުހައްމަދު ރަމްޒީ ވަނީ މިނޫހަށް ކަށަވަރު ކޮއްދެއްވާފައެވެ.

މި ރެސްޓޯރެންޓްގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭގެ މެންދަމުގެ ވަގުތެއްގައެވެ.

ހުޅުވިފަހުން ތިން މަސް ދުވަސްވަރު ވެފައިވާ މިރެސްޓޯރެންޓަކީ ކައުންސިލުން ކުއްޔަށް ދޫކުރި ބިިމެއްގައި އަމިއްލަ ފަރާތަކުން އަލަށް އިމާރަތް ކޮށްގެން ހިންގަންފެށި ރެސްޓޯރެންޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް ބުންނަން ނޭގޭ ކަމަށާއި، ފުލުހުން މި ހާދިސާ އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށްވެސް ކައުންސިލް މެމްބަރު ރަމްޒީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
24316
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ