ނޭމާރ އަށް އަނިޔާވެ ބާސާ މެޗުގައި ނުކުޅެވޭނެ ކަމުގެ ބިރު ހީވެއްޖެ

ފުރާންސުގެ ޕެރިސް ސެެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބުރެޒިލުގެ ޒުވާން ފޯވާރޑް ނޭމާރ އަށް އަނިޔާވެ އެ ޓީމުން ސުޕެއިންގެ ބާސެލޯނާއާއި ދެކޮޅަށް ކުޅޭ މެޗުގައި ނޭމާރ އަށް ކުޅެވޭނެ ކަމާއިމެދު ސުވާލު އުފެދިއްޖެއެވެ.

ނޭމާރ އަށް މިއަދު އަނިޔާވެފައިވަނީ ފްރެންޗް ކަޕުގެ ރައުންޑް އޮފް 64 ގައި އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ކަން އާއި ދެކޮޅަށް ކުޅުނު މެޖުގައެވެ. މި މެޗުން ޕީއެސްޖީ މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ނޭމާއަށް އަނިޔާވެފައިވަނީ މެޗުގެ 54 ވަނަ މިނެއްޓުގައި ކަންގެ ސެންޓުރަލް ޑިފެންޑަރ އެލެކްސީ ބެކާ ކުރި ފައުލަކާއި ގުޅިގެންނެވެ. ފައުލައްފަހުވެސް ނޭމާ ކުޅެން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ލިބުނު އަނިޔާއާއި ގުޅިގެން ފަހުންވަނީ ބަދަލު ކޮށްފައެވެ.

ނޭމާގެ މެޑިކަލް ޓެސްޓުތައް ހަދަމުން އަންނައިރު ރިޕޯޓުތައް ބުނާ ގޮތުން ނޭމާގެ ވާތު ފައިގެ ފަލަމަސްގަނޑަށް ވަނީ ގެއްލުންވެފައެވެ.

މި އަނިޔާގެ ސަބަބުން ނޭމާ ހަތަރު ހަފްތާއަށް ކުޅުމާއި ދުރައް ދާންޖެހިދާނެކަމަށް ފަހުގެ ރިޕޯޓުތައް ބުނެއެވެ. މިހެންކަމަށް ވެއްޖެނަމަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބާސެލޯނާ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗުގައި ނޭމާ ނުފެއްނާނެއެވެ.

ގަދަ 16ގައި ބާސެލޯނާ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
113
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ