ފުލުހުން - ފޮޓޯ: އަވަސް

ފުލުހަކު ޢާއްމު ރައްޔިތެއްގެ ގައިގައި ކޮޅުފައިން ޖަހާ މަންޒަރު!

ދިވެހި ފުލުހަކު ޢާއްމު ރައްޔިތެއްގެ ގައިގައި ކޮޅުފައިން ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވާން ފަށައިފިއެވެ.

މި ވީޑިއޯއިން ފެންނަނީ އިއްޔެ ހަވީރު ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ހުރަސްއެޅުމުން ހިނގާދިޔަ ކަންތައްތަކުގެ ތެރެއިން މަންޒަރެކެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި (5 ވަނަ ސިކުންތަުގައި) ފުލުހަކު މެދުއުމުރުގެ މުޒާހަރާގެ ބައިވެރިއެއްގެ މާސްކުގައި ހިފައި މޫނަށް އަނިޔާވާގޮތަށް އަމަލުކުރެއެވެ. އަދި ހަމަ އެއާއެކު އެސްއޯ ފުލުހަކު ބޫޓުގައި އައިސް މުޒާހަރާގެ ބައިވެރިއެއްގެ ގައިގައި ކޮޅުފައިން ޖަހާމަންޒަރުވެސް (37 ވަނަ ސިކުންތުގައި) މި ވީޑިއޯއިން ފެނެއެވެ.

އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރާކަމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން ކުރެއެވެ. މީގެ އިތުރުން ފުލުހަކު، ނޫސްވެރިއަކު އަޅައިގެން ހުރި ނަންބަރު އައިނެއް ބިންދާލައި، މޫނުމަތީ ޖެހި މައްސަލައެއްވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑަށް ހުށަހެޅިފައިވެއެވެ.

މިލިޔުން ކިޔާލުމުން
621915
ގުޅުންހުރި ލިޔުންތައް

11 Responses

  1. ކަލާ

    އޭވާނުވާ. އެތާ އޮތް ފުޅިއެއްގަ ފައިންޖަހަނިކޮށް ފެންނަނީ. ރަނގަޅު ނަންބަރު އައިނެއް އަޅަންވީއެއްނު. ޙައްޖަށް ދޭބަލަ.

    1
    1
  2. Uhchu

    Kaley vy noos veri kamun adhi kiyava dhariya. Nloluge doctor akahves Kaley dhahkan jehey eba. Kaleyeh vazeefa dhin meehaaves eba jehey thankolheh harudhanaa vaan. Thanakun beethaa eh fenna irah noosveri akah hedhyma kamaku nudhey.

  3. Kaley bafaaa meee

    Kalw ppm sorreh gaiga kolhu fain jeheema . kale men thivaahaka habaru GA jahaaly thi. Handhuma fulhi netheebaa. Noony Loa kanu kamun nufehnany baa maumoon verikamuga MDP meehun gaiga 10, 12 SO polihun thalhaa thiri kohllaa manzaru mugurunaa kolhu fainaa. Ladhu koba kale thivaahaka habaru GA jahan!!!

    2
    1
  4. Abdo

    Fuluhun kureema vaane bala aaanmu rahyithun kuraa kankan nuvaaane balaaakah eh lolun nuballavaa dheloa hulhuvaalavvaaa aanmu rahyithun govamun dhiaii keekey thoa video in adu assavaalavvaaa

  5. ރިޒާ

    ބަލަގަ ތިޔަބުނާ މީހަކު އެބުނާ މީހެއްގެ ގައިގައި ކޮޅު ފައިން ޖެހީ ނަމާދައް ސަޖިދައިގަ އޮއްވާ ތޯ

    5
    3
  6. އަލީ

    ހުސްބުހުތާނު ދޮގު. މީގައި ފުލުހުން އެއްވެސް ގޯސްކަމެއްކޮށްފައެއް ނެތް. މުޒާހަރާ ކުރި މީހުން ކަންކުރީ ގާނޫނާހިލާފަށް. އެވާހަކަ ގެނައިނަމަ އޯކޭ

    6
    3
  7. މާރިރު

    ކޮބާ އާމުން ވެސް ފުލުހުންގެ މޫނނުމަތީ ޖެހިތަން ވެސް ނުފެނޭދޯ ތީ މިނިވަން ނޫސްވެރިންނެކޭ ނުބުނެވޭނެ ރަގަނޅަ ބަލާފަ ލިޔެލީޔާ މާ ރަަގަނޅުވާނެ

    15
    8
  8. ކަނބިލި

    democrsy FAKKAA VANY BAA

  9. އައްބެ

    ތެލޅިވަރު މަދީ

    9
    7
  10. rasheed

    geyga huttathoa fainjehee

    7
    6
  11. ކުރިނބީ ސޮރު

    ވިސާމު ކަލޭ ހިތުން ކަލޭ ވަރުގެ މޮޅު ނޫސްވެރިއަކު މި ގައުމުގަވެސް ނެތް. ރޯނު އެދުރު. ފުރަތަމަ ދަސްކޮށްބަލަ ޒިންމާދާރު ނޫސްވެރިކަމަކީ ކޮބައިކަން.

    8
    7
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ