އަޝްފާޤާއި އަކުރަމްއަކީ ފުޓުބޯޅައިގެ ރޮނގުން ދިވެހި ޤައުމަށް ނުހަނު އަގުހުރި ޚިދުމަތް ތަކެއް ކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ދެ "ބަޠަލުން" ކަމަށް މަޝްޙޫރު ކީޕަރު އިމްރާން މުޙައްމަދު ބުނެފިއެވެ.
ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަކްރަމް އަބްދުލްޣަނީ (އަކޫ) އާއި ގުޅުވައިގެން އެމްޑީޕީގެ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަޝްފާޤާއި އަކުރަމް ދިފާޢުކޮށްވަނީ ވާހަކަ ދައްކަފައެވެ.
އެފްއޭއެމުން މިހެން ވިދާޅުވީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އަކްރަމް އަބްދުލް ޢަނީ އަކީ ހަރުކަށީ ފިކުރުގެ ބައެއް ކަމަށް ސިފަކޮށް ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓް ސޫޒަން އިބްރާހިމްފުޅު ސޯޝަލް މީޑިއާގައި ބުނުމާއި ގުޅިގެން ފޭސްބުކު މެދުވެރިކޮށް ކީޕަރު އިމްރާން ބުނީ، އަޝްފާޤް އާއި އަކުރަމް އަކީ ފުޓުބޯޅައިގެ ރޮނގުން ދިވެހި ޤައުމަށް ނުހަނު އަގުހުރި ޚިދުމަތް ތަކެއް ކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ދެ "ބަޠަލުން". ކަމަށާއި، މިފަދަ ޚިދުމަތްތެރީންނާ ގުޅުވައިގެން މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތައް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ.
އަދި މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށްބުނެ، މިފަދަ ވާހަކަތައް މީސްމީޑިޔާ އަދި އެ ނޫން އެހެން ތަންތާ ލިޔެ، ޝާޢިޢު ކޮށް އަދި މިފަދަ ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް ކަމާއިބެހޭ ފަރާތްތަކަށް އިމްރާންވަނީ ގޮވާލާފައެވެ.
"ހަމަ އެއާއެކު، އިސްލާމްދީނާއި، ދިވެހި ޤައުމާއި އަދި ދިވެހި ފުޓުބޯޅަ އަށް އިޙުތިރާމް ކުޑަވާކަހަލަ ކަންކަން ނުކުރުން އެދެން." އިމްރާން ބުންޏެވެ.
https://www.facebook.com/ImranMohamed25/posts/263207195168262
އަދި މި ދެކުޅުންތެރިންނާއި ގުޅިގެން ދެކެވުނު މިވާހަތަކާއި ގުޅިގެން އެއީ އާދައިގެ ވާހަކަތަކެއް ނޫން ކަމަށާއި އެ މައްސަލަ ބަލައިދިނުމަށް އެދި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގޮވާލައިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
https://feshun.wonstasite.com/112729



