މޯލްޑިވްސް ވިކްޓްރީ ފެތުނު ސަރަހައްދު ހިމާޔަތް ކޮށްފި

އެމްވީ މޯލްޑިވްސް ވިކްޓްރީ ފެތުނު ސަރަހައްދު ހިމާޔަތް ކޮށްފިއެވެ.

އެ ސަރަޙައްދުން ހިމާޔާތްކޮށްފައިވާކަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކޮށްފައިވާ އިޢުލާނެއްގައި ހާމަކޮށްފައިވާއިރު އެ ސަރަޙައްދުގެ އިތުރުން ކ. ކާށިދޫ ޗަސްބިން ސަރަހައްދުވެސް ހިމާޔަތްކޮށްފައިވާކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.

މި ދެ ސަރަޙައްދުވެސް ހިމާޔަތްކޮށްފައިވަނީ ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، 13 ފެބްރުއަރީ 2021 އިން ފެށިގެންކަމަށްވެސް އެމިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.

ރާއްޖޭގެ އެންމެ މަގުބޫލު ޝިޕްރެކް ޑައިވް މަންޒިލް ކަން ފާހަގަކުރެވިފައިވާ އެމްވީ މޯލްޑިވްސް ވިކްޓްރީ ފެތުނު ސަރަހައްދަކީ ސިންގަޕޫރިން މުދާ ހިފައިގެން އައިސް ހުޅުލޭ ފަރުގައި ޖެހި ފެތުނު ސަރަޙައްދެވެ. މިހާދިސާއަށް މިހާރު 40 އަހަރުވެފައިވާއިރު، 1981 ވަނަ އަހަރު ހުޅުލޭ ހުޅަނގު ދެކުނު ފަރާތުގައި ހިނގި މިހާދިސާއަށްފަހު އެސަރަޙައްދުގައ މިހާރުވަނީ "އާޓިފިޝަލް" ފަރެއް ހެދި މުރަކައާއި މަސްމަހާމެހިން މުއްސަނދިވެފައެވެ.

އެމްވީ މޯލްޑިވްސް ވިކްޓްރީ ފެތުނު ސަރަހައްދުގެ އިތުރުން ކ. ކާށިދޫ ޗަސްބިން ސަރަހައްދުވެސް އެންވަޔަރަންމަންޓުން ހިމާޔަތްކޮށްފައިވާއިރު، ރާއްޖޭގައި ކަންޒު ކަހަބު ދިރިއުޅޭ ތިން ރަށުގެ ތެރެއިން ކާށިދޫގެ މިސަރަޙައްދަކީ މި ބާވަތުގެ ދިރުން އެންމެ ގިނައިން ދިރިއުޅޭ ސަރަޙައްދެވެ. އަދި އެއީ މުޅި ދުނިޔޭގައި ވެސް ފީނުމަށް މަޝްހޫރު ސަރަހައްދެކެވެ.

މޯލްޑިވްސް ވިކްޓްރީ ފެތިފައިވާ ސަރަހައްދާއި ކ. ކާށިދޫ ޗަސްބިން ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުން

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އަދިނުވޭ

    އަދިވެސް 40 އަހަރު މަޑުކޮށްލާ!!!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ