ކާށިދޫ އާއި ގާފަރާއި ދެމެދު ކޭބަލް ކާރު ނޭޅެނީ ސަރުކާރުން ކަރުގައި ހިފާތީ: ޖާބިރު

ކާށިދޫ އާއި ގާފަރާއި ދެމެދު ކޭބަލް ކާރު ނޭޅެނީ ސަރުކާރުން ކަރުގައި ހިފާތީ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

"ދެން މި ރާއްޖޭގެ އެންމެ ފުޅާ މިނިސްޓަރ ވިދާޅުވީ ކޭބަލް ކާރު ނޭޅޭނެއޭ. އަޅުގަނޑު ޔަޤީން ކަމާއިއެކު މިއަރުވަނީ ކޭބަލް ކާރު އަޅާފައި 30000 މީހުންގެ އާބާދީއެއް ކާށިދޫ، ގާފަރުގައި. ކުރެވޭނެ އަޅުގަނޑަށް. ހަމައެކަނި ސަރުކާރުން ކަރުގައި ހިފާތީ ނުވެގެން މިއުޅެނީ" ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވެފައިވަނީ ހަމަ އެއްގޮތަކަށް ވެސް، ކަށިދޫއިން އެއްވެސް ތާކަށް ކޭބަލް ކާރެއް އެޅުން އެއީ ފީސިބަލް ކަމެއް ގޮތުގައި ހަމަ ބުއްދީގައި ހުރެގެން ގަބޫލެއް ނުކުރާ ކަމަށެވެ.

ޖާބިރު މިއަދު މިނިސްޓަރ އަސްލަމް އާއި ސުވާލު ކުރައްވާފައިވަނީ ޖާބިރު ހުށައަޅާ މަސައްކަތަކުގެ ތެރއިން ކޭބަލް ކާރު އަދި އެއާޕޯޓްގެ މަސައްކަތްތައް މިނިސްޓަރ އަސްލަމްގެ ޕްލޭނިންގެ ތެރެއަށް ނުލައިގެން އުޅެނީ ކީއްވެތޯ އެވެ.

“ކާށިދޫ އާއި ގާފަރާއި ދޭތެރޭ ކޭބަލް ކާރު އަޅަން އަޅުގަނޑު ޕްލޭން ކޮށްފަ ހުށައެޅީމައި ކީއްވެގެންތޯ ދައުލަތުން ސަޕޯޓް ނުދިނީ. ކީއްވެގެން ތޯ ކާށިދޫ އެއާޕޯޓް އޮޕަރޭޝަނަށް އަންނަން ހުއްދަ ނުދެވިގެން ތިއުޅެނީ.” ޖާބިރު ވިދާޅުވިއެވެ.

“ދިވެހި ރައްޔިތުންނަށް ސާފުކޮށް އިނގެން ޖެހޭ މިޒާތުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކިކަމުގައި ވިޔަސް އެއީ ވާނެކަމެއް ނޫންކަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ވާނެ ކަމެއް ކަމުގައެއް. އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ކަމުގަވެސް.” އަސްލަމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ