އިދިކޮޅުން ކުރަނީ މުޒާހިރާއެއް ނޫން، ހައެއްކަ މީހުން ލާހޫރެނީ - ރައީސް ނަޝީދު

އިދިކޮޅުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު މާލެ ތެރޭގައި ކުރަމުން އަންނަނީ މުޒާހަރާއެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު ވިދާޅުވީ، "ހައެއް މީހުން ލާހޫރުނީމާ" އެ މުޒާހަރާއަކަށް ނުވާ ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރޭ އެމްޑީޕީގެ ގައުމީ މަޖިލިސްގައި ވާހަކަދައްކަވަމުންނެވެ.

"މަގުމަތީގަ ހައެއްކަ މީހުން އެބަ ލާހޫރޭ. ބުނަނީ މުޒާހަރާ އެކޭ. މުޒާހަރާއަކަށް ވެސް ނުވެސް ވޭ. އަދި ހަގީގަތުގައި އެކައްޗަކަށް ވެސް ނުވޭ. ހައެއްކަ މީހުން މަގުމައްޗަށް ނުކުމެ ލާހޫރުން އެއީ އަޅުގަނޑުމެންނެއް ނުދެކެން އެއްވެސް ހާލެއްގައި މުޒާހަރާއެއް ކަމަކަށް ވެސް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އިދިކޮޅުގެ މުޒާހަރާތަކުގެ ސަބަބުން ފުލުހުންގެ ވަގުތުތައް ނަގާލަން ޖެހުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.

އިދިކޮޅުން މަގުމައްޗަށް ނިކުމެ އަޑު އުފުލުމަށް ހަރަކާތްތައް ހިންގާއިރު ކޮވިޑު19 ކޮންޓްރޯލު ކުރުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މާލޭގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.

އިދިކޮޅުން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޯލިޝަނުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ