އުތީމް ކައުންސިލްގެ ރައީސް

އުތީމް ކައުންސިލް ރައީސްގެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް

ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައިވާ އުތީމް ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުﷲ ރަޝީދުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނެސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ސޮއިކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ، އަބްދުﷲ ރަޝީދު ނޮވެމްބަރ 14 ވަނަ ދުވަހު ސަސްޕެންޑް ކުރިގޮތައް އެއްވެސް މުއާމަލާތެއް ނުކޮށް ގޭގައި ބަހައްޓާފައި ހުއްނަތާ މިހާރު ތިންމަސްދުވަސް ވެފައިވާ ކަމަށެވެ.

"ލޯކަލް ގަވަރމެންޓް އޮތޯރިޓީން އޭނާ ސަސްޕެންޑްކުރި ތުހުމަތުތަކަށް 23 ނޮވެމްބަރު 2020 ގައި އޭނާ ވަނީ ޖަވާބުދާރީވެފައެވެ. އެއަށްފަހުވެސް އެއްވެސް ސުވާލެއް އެ އޮތޯރެޓީގެ ފަރާތުން ކޮށްފައި ނުވާއިރު މިހާތަނަށް އޭނާ ފޮނުވައިފައިވާ 2 ސިޓީއަށްވެސް އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ." އާދަމް ޝަރީފްގެ ސިޓީގައި ބުނެފައި ވެއެވެ.

މީގެއިތުރުން އެ ސިޓީގައި ބުނެފައިވަނީ، އަބްދުﷲ ރަޝީދުގެ އިތުރުން އުތީމް ކައުންސިލްގައި ހުންނަވަނީ އެންމެ ކައުންސިލަރަކަށްވާއިރު މިހާ ގިނަ ދުވަހު އެންމެ ކައުންސިލަރެއް ރަށު ކައުންސިލް ހިންގަން ހުރުމަކީ ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކެނޑިގެންދާނެ ކަމެއް ކަމަށެވެ. މިހެންކަމުން މިމައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބައްލަވައި ދިނުމަށް ސިޓީގައި އެދިފައި ވެއެވެ.

އުތީމް ކައުސިލްގެ ރައީސް އަބްދުﷲ ރަޝީދަކީ ޕީޕީއެމަށް ނިސްބަތްވާ ފަރާތެކެވެ. މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑު ކުރިއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އުތީމު ކައުންސިލްގެ ރައީސްކަމަށް އޭނާ ވަނީ ކުރިމަތިލާފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ