ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނަށް ވައިޓް އެލާރޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައިވަނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީއަށެވެ. އެގޮތުން މިރޭގެ 20:00 ން ދަންވަރު 01:00 އަށް ނެރެފައިވާ މިއެލާރޓްގައި މިސަރަޙައްދުތަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭކަމަށްވަނީ ބުނެފައެވެ.
White Alert for heavy rain and thunderstorms. pic.twitter.com/IyKhb1qsit
— Maldives Meteorology (@MetMaldives) February 15, 2021
މިރޭގެ 8:00 އިން މާދަމާރޭގެ 8:00 އަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމަށެވެ. މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާއިރު އުތުރު އަތޮޅުތަކަށް މޫސުން ޢާންމުގޮތެއްގައި ރަނގަޅު ވާނެކަމަށްވެސްވަނީ ބުނެފައެވެ.
އަދި ބުނީ، ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެކަމަށެވެ.
ރާޅުގެ އުސްމިނުގައި 1 - 4 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭއިރު، ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުންވަނީ ބުނެފައެވެ.




