ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީން ހޯދަނީ!

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފުލުހުން ފަަށައިފިއެވެ.

ފުލުހުން ހޯދަމުންދާ ދެ ބިދޭސީންނަކީ ތާރާ މިއަ (38އ) އާއި ކަމާލް (36އ) އެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ވީމާ މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރު ދަންނަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ