މަރުވެފައި އޮތް މީހަކު ފަޅު ރަށަކުން ފެނިއްޖެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި މަރުވެފައި އޮތް މިމީހާ ފެނިފައިވަނީ ވ. އަތޮޅުގެ ފަޅުރަށަކުންނެވެ.
ފުލުހުން ވިދާޅުވީ ވ.ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް މީހެއްގެ ހަށި ގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު 11:02 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
އަދި ބިދޭސީއެއްކަމަށް ބެލެވޭ އެމީހާގެ ހަށި ގަނޑު ފެނިފައިވަނީ އެރަށަށް ދަނޑި ކަޑަން ގޮސް އުޅުނު ބަޔަކަށް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މަންޒަރު ދުށް މީހަކާއި ހަވާލާދީ ޕީއެސްއެމްގައި ރިޕޯރޓްކޮށްފައިވާ ގޮތުން ބޮޑަށް ބެލެވޭ ގޮތުގައި އެމިހާ އޮތީ މަރާލާފައެވެ. ވ.ފޮއްތެޔޮ ބޮޑުފުށީން ފެނުނު މިހަށިގަނޑުގައި ވަރަށްބޮޑެތި އަނިޔާތަކެއް ހުރިއިރު، އެހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާ، މީހާގެ ހަށިގަނޑުގެ އެކިތަނަށް ހަމަލާތައް ދީފައިވާކަމަށް ބެލެވޭކަމަށް އޭނާ ބުނެފައިވާކަމަށް ރިޕޯރޓްކޮށްފައިވެއެވެ. އަދި މީހާ އޮތް ސަރަހައްދައި ލެޔާއެކު އޮތް ބޮޑު ކަތުރެއްވެސް އޮތްކަމަށް މަންޒަރު ދުށް މީހާއާއި ޙަވާލާދީ އެނޫހުގައި ބުނެފައިވެއެވެ.
ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ، މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އަދި ފުލުހުންދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.




ހިޔާލު
މަރުވެފައި އޮތް މީހަކު ވ. އަތޮޅުގެ ފަޅުރަށަކުން ފެނިއްޖެ އެވެ.
Post
އެ ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 11:02 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހަކީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު ފެނުނީ އެ ރަށަށް ދަނޑިކަނޑަށް ގޮސް އުޅުނު ބަޔަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ހަށިގަނޑު މާލެ ގެންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.