ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ލިވަޕޫލުން ޖަރުމަނުގެ އާރްބީ ލައިޕްޒިގް ބަލިކޮށްފިއެވެ.
ޕުސްކަސް އެރީނާގައި ކުޅުނު މިމެޗުގައި ފުލުފުލުގައި ކާމިޔާބުކުރި ދެލަނޑާއެކު ލިވަޕޫލުން ލައިޕްޒިގްގެ މައްޗަށް ކުރި ހޯދާފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ލިވަޕޫލަށް ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސަލާޙްއާއި މާނޭއެވެ. ސަލާޙްގެ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 53 ވަނަ މިނަޓްގައެވެ. ސަބިޓްޒާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސަލާޙް ކާމިޔާބުކޮށްދިން މިލަނޑަކީ މިސީޒަންގައި އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން 24 ވަނަ ލަނޑެވެ. އަދި އޭގެ ފަސް މިނަޓްފަހުން މާނޭ ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ މުކިއެލީއަށް ދިފާއުނުކުރެވުނު ބޯޅައެއް ހޯދުމަށްފަހު އެކަނިމާ އެކަނި އޭރިއާތެރެއަށް ވަނުމަށްފަހުގައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ، ނަތީޖާއާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭކަމަށާއި، ރޭގެ މެޗު ނިމިގެން ގޮސްފައިވަނީ ބޭނުންވާ ކަހަލަ ނަތީޖާއަކާއިއެކުގައިކަމަށެވެ. އަދި ކްލަބުގެ މިހާރުގެ ޙާލަތަށް ބަލާފައި ރޭގެ މެޗުންވެސް ލިވަޕޫލް ބަލިވާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރިކަމަށާއި، ނަމަވެސް ކުޅުންތެރިން ތަފާތު ދައްކައި މެޗުން މޮޅުވުމުން ވަރަށް އުފާވާކަމަށްވެސް ކްލޮޕް ބުންޏެވެ.
???? Liverpool’s highest goalscorer in competition history claims the award after his first-leg performance ⚽️
???? Mohamed Salah will be one of four players you can vote for to claim the Player of the Week crown ????????#UCLPOTM | #UCL pic.twitter.com/7YpjVuQuo6
— UEFA Champions League (@ChampionsLeague) February 16, 2021
މިމެޗުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗްމަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.



