އޮޔާދަނިކޮށް ފެނުނު ޑިންގީ

މަރުގެ ހާދިސާގައި ހިމެނޭ ބިދޭސީންނަކީ ބެހިގެން ރާއްޖެ އައިސް އުޅޭ ބައެއް: ފުލުހުން

އިއްޔެގެ މަރުގެ ހާދިސާގައި ހިމެނޭ ބިދޭސީންނަކީ ބެހިގެން ރާއްޖެ އައިސް އުޅޭ ބައެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިއްޔެ ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ މީހަކު ފެނުނު ހާދިސާގެ އަޕްޑޭޓް ދެއްވަމުން ފުލުހުން ވިދާޅުވީ، ވ. އަންބަރާ ބޭރުން އޮޔާދިޔަ ޑިންގީއެއްގައި ހުއްޓާ ފެނުނު މީހާއާއި ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ 30 ޖެނުއަރީ 2020 ވަނަ ދުވަހު ލަންކާއިން މަސްވެރިކަންކަމަށް ނުކުމެ އުޅެނިކޮށް ބެހިގެން މިހިސާބަށް އައިސްފައިވާ ބައެއްކަން އެނގިފައިވާކަމަށެވެ.

ވ.ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް މީހެއްގެ ހަށި ގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ 11:02 ހާއިރުއެވެ. ފުލުހުން ވިދާޅުވެފައިވަނީ، މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ހަށިގަނޑު މާލެ ގެނެސްފައިވާކަމަށެވެ.

ފުލުހުން މިހެން ވިދާޅުވެފައި ވީނަމަވެސް ބައެއް މީޑިއާތަކުން ރިޕޯރޓް ކޮށްފައިވާ ގޮތުން ފޮއްތެޔޮ ބޮޑުފުށީން ފެނުނު މިހަށިގަނޑުގައި ވަރަށްބޮޑެތި އަނިޔާތަކެއް ހުރިއިރު، އެހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާ، މީހާގެ ހަށިގަނޑުގެ އެކިތަނަށް ހަމަލާތައް ދީފައިވާކަމަށް ބެލެވޭކަމަށް މަންޒަރު ދުށް މީހަކާއި ހަވާލާދީ ރިޕޯރޓްކޮށްފައިވެއެވެ.

ވ.ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވައި ފެނުނު މީހާއާއި، ޑިންގީއެއްގައި ވ. އަންބަރާ ބޭރުން އޮޔާދަނިކޮށް ފެނުނު މީހާ އާއި ގުޅުން ހުރިކަމަށް ރޭ ވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ފުލުހުނަދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
222222
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ