"ކްރުއެއްލާ" ގެ ޓްރެއިލާ ދައްކާލައިފި! އެމާ ސޯޓޯންއަށް ތައުރީފް އޮހެނީ!

ޑިޒްނީ އިން ގެނެސްދޭ ލައިވް އެކްޝަން ފީޗާ ފިލްމް "ކްރުއެއްލާ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމަކީ، ޑިޒްނީއިން 1961 އަހަރު ގެނެސްދިން އެނިމޭޓެޑް ފިލްމް "ވަން ހަންޑްރެޑް އެންޑް ވަން ޑެލްމޭޝަންސް" އިން ތައާރަފްވި ލެޖެންޑްރީ ވިލަން ކެރެކްޓަރ "ކްރުއެއްލާ ދި ވިލް" ގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

މި ފިލްމްގެ ކުޑަ ޓީޒާ ކޮޅެއް މިދިޔަ އަހަރު ދައްކާލިއިރު، ފިލްމްގެ ފުރިހަމަ ޓްރެއިލާ ރިލީޒްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މި ވަރުގަދަ ކެރެކްޓަރ ގެ ރޯލުން ފެނިގެންދާނީ، އޮސްކާ ހާސިލްކޮށްފައިވާ އެކްޓްރެސް އެމާ ސްޓޯންއެވެ. އެމާ ސްޓޯން އާއެކު ، އެމާ ތޮމްޕްސަންސްވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމްގެ ޓްރެއިލާއަށްފަހު، ގިނަ ބަޔަކު އަންނަނީ އެމާ ސްޓޯންގެ އެކްޓިންއަށް ތައުރީފްކުރަމުންނެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި 28 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ