ސީބީއެސް އިން ގެނެސްދެމުން އަންނަ ކާމިޔާބު ސިޓްކޮމް ސީރީޒް، "މޮމް" އަށްވަނަ ސީޒަން އިން ނިއްމާލަން ނިއްމައިފިއެވެ.
އެކްޓްރެސް އެލިސަން ޖެނީ އަދި އޭނާ ފެރިސް ލީޑު ރޯލުން ފެނިގެންދާ މި ސީރީޒްގެ މިހާރު ދައްކަމުން ދަނީ އަށްވަނަ ސީޒަންއެވެ. އަދި ސީރީޒްގެ ފިނާޅޭ އެޕިސޯޑު ދައްކާނީ މެއި 6 ގައެވެ.
ހެއްވާ މަޖާ މި ސިޓްކޮމް ގައި ކިޔައިދެނީ އެކަނިވެރި ދެމައިންގެ ހަޔާތުގައި ހިނގާ ކަންތައްތަކުގެ ވާހަކައެވެ. މި ސީރީޒްގައި ފެރިސް އަދާ ކޮށްފައިވަނީ "ކްރިސްޓީ" ގެ ރޯލެވެ. އަދި ކްރިސްޓީ ގެ މަންމަ "ބޯނީ" ގެ ރޯލު އަދާކޮށްފައިވަޏީ އެކްޓްރެސް އެލިސަންއެވެ.
8 ވަނަ ސީޒަންއަށްފަހު މި ޝޯ ކެންސަލް ކޮށްފައި މިވަނީ، އެކްޓްރެސް ފެރިސް މި ޝޯ ދޫކޮށްލާކަން މިދިޔަ އަހަރު ނިންމާފައިވަނިކޮށެވެ. އެގޮތުން އޭރު 8 ވަނަ ސީޒަންގެ ޕްރޮޑަކްޝަންގެ މަސައްކަތްވެސް ނުފަށެވެ. އެހެންކަމުން، އޭރު ބެލެވިފައި އޮތީ، މި ސީރީޒް ދެން ކުރިއަށްގެންދާނީ އެލިސަން ޖެނީ ކުޅޭ ބޯނީގެ ކެރެކްޓަރ ހިމަނައިގެން އެކަނި ކަމަށެވެ.
މި ޝޯ އަކީ ސީބީއެސް އިން ގެނެސްދޭ އެންމެ މަޝްހޫރު އަދި ކާމިޔާބު އެއް ކޮމެޑީ ޝޯއެވެ. މި ޝޯ ވަނީ 10 އެމީ އެވޯޑަށް ނޮމިނޭޓްވެ، 2 ނޮމީ އެވޯޑްވެސް ހާސިލްކޮށްފައެވެ.




