ޑޫކް އެންޑް ޑަޗެސް އޮފް ސަސެކްސް، ޕްރިންސް ހޭރީ އާއި މޭގަން މާކެލް، އެފަރާތްތަކުގެ ޝާހީ މަޤާމުގެ މަސްއޫލިއްޔަތަށް ދުވަހަކުވެސް އެނބުރި ދެން ނުދާނެކަން ކަށަވަރުކޮށްދީފިއެވެ.
ޕްރިންސް ހޭރީ އާއި މޭގަން މާކެލް، ޝަހީ ޒިންމާތަކުން، ވަގުތީ ގޮތުން އެއްފަރާތްވުމަށް ނިންމަވާފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
ބަކިންގަމް ޕެލެސްގެ ތަރުޖަމާނަކު ބުނެފައިވާގޮތުގައި، ޕްރިންސް ހެރީ އާއި މޭގަން މާކަލް ޝާހީ އާއިލާގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެނބުރި ނާންނާނެކަން، މިހާރު ވަނީ ރާނީ އެލިޒަބަތަށް އަންގައިފައެވެ.
ޕްރިންސް ހެރީ އާއި މޭގަންގެ މި ނިންމުމާއެކު، މިކަމާ ހިތާމަކުރާކަން، ބަކިންހަމް ޕެލަސް އިން ވަނީ ބުނެފައެވެ.
މި ދެމަފިރިން މިހާރު ދިރިއުޅެމުން އަންނަނީ އެމީހުންގެ ދެއަހަރަށް ދާ ދަރިފުޅު އާޗީ އާއެކު ކެލިފޯނިއާގައެވެ. އަދި ދެވަނަ ދަރިއަކަށް މޭގަން ބަލިވެ އިންކަން ދާދިފަހަކުން ވަނީ ހާމަކޮށްފައެވެ.




