ސްޕެނިޝް ލަލީގާގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑް ދަށްވިއިރު، ދެވަނާގައި އޮތް ރެއަލްމެޑްރިޑް ކުޅުނު މެޗު ކާމިޔާބުކޮށް އެތުލެޓިކޯއަށް ޕްރެޝަރު ބޮޑުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ލެވެންޓޭއާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައި އެތުލެޓިކޯއިން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ސުމެއް ކަނޑުވާނުލެވި އެތުލެޓިކޯއިން ލެވެންޓޭ އަތްދަށުވެފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑަކީ އެތުލެޓިކޯގެ ޑިފެންޑަރު ހާމޯސޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ 30 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ލެވެންޓޭގެ މޮރާލެސް އޭރިއާތެރެއިން ފޮނުވާލި ހަމަލާއެއް ހާމޯސޯ ގައިގައި ޖެހި ބައިކޮޅަށް ވަތް ލަނޑެކެވެ.
އެތުލެޓިކޯގެ ދެވަނަ މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފްރޯޓޯސްއެވެ.
ރޭ ކުޅުނު އަނެއް މެޗުގައި ވަލަޑޮލިޑާއި ރެއަލްމެޑްރިޑް ބައްދަލުކޮށްފައިވާއިރު، ހަނި ގޮތަކަށް ރެއަލްމެޑްރިޑް މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު ޖަހާދީފައިވަނީ ކަސެމީރޯއެވެ. ހިލޭ ޖެހުމަކުން ކްރޫޒް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައި ކަސެމީރޯ ކާމިޔާބުކުރި މިލަނޑަކީ މިސީޒަންގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލީގު ގޯލެވެ.
FT #RealValladolidRealMadrid 0-1
Fourth win in a row for @realmadriden in #LaLigaSantander! ????????#LiveResults pic.twitter.com/6nTvbxseVY
— LaLiga English (@LaLigaEN) February 20, 2021
ރޭގެ ނަތީޖާތަކަށް ފަހު ތާވަލަށް ބަލާލާއިރު، އެއްވަނާގައި އޮތް އެތުލެޓިކޯއަށް 23 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. އަދި ދެވަނާގައި އޮތް ރެއަލްމެޑްރިޑަށް 24 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ ތިންވަނާގައި އޮތީ 22 މެޗުން ލިބުނު 46 ޕޮއިންޓާއެކުގައެވެ.
???? The full #LaLigaSantander table after today's action.#LiveStandings pic.twitter.com/rEZXcEBSC1
— LaLiga English (@LaLigaEN) February 20, 2021



