އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި ބައިސްކަލަކީ ފެބުރުވަރީ 12 ވަނަ ދުވަހު ޗާންދަނީ މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ބައިސްކަލެއް ކަމަށެވެ.
މި ބައިސްކަލުގެ އިންސިޑެންޓް ނަންބަރަކީ 478921 ފުލުހުން ވިދާޅުވިއެވެ.
ވީމާ، މި ބައިސްކަލުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.



