ކެޕްޓަން ލިއޮނަލް މެސީ ރެކޯޑު ހެދި މެޗުން ބާސެލޯނާއަށް ޕޮއިންޓަކާއެކު ނިންމާލަން ޖެހިއްޖެއެވެ.
ރޭ ކުޅުނު މެޗަކީ ސްޕެނިޝް ލަލީގާގައި މެސީ ބާސެލޯނާއަށް ކުޅެދިން 506 ވަނަ މެޗެވެ. އަދި މެސީވަނީ ލަލީގާގައި ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށް ވެފައެވެ. ކުރން މިރެކޯޑު އޮންނަނީ ބާސެލޯނާގެ މެދުތެރެއަށް ކުރިން ކުޅުނު ޒަވީ އަތުގައެވެ.
ވޭތުވެދިޔަ 20 އަހަރު ބާސެލޯނާގައި ހޭދަކޮށްފައިވާ މެސީވަނީ އެކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.
Leo Messi passes Xavi to become the Barcelona player with the most appearances in La Liga (506).
Just add it to the records ???? pic.twitter.com/rfw2ozUzyX
— B/R Football (@brfootball) February 21, 2021
ކާޑިޒްއާއި ދެކޮޅަށް ރޭ ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. ބާސެލޯނާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއެއްގައި ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ މެސީއެވެ. ޕެޑްރީއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ މެސީ ކާމިޔާބުކޮށްފައިވަނީ މެޗުގެ 32 ވަނަ މިނަޓްގައެވެ. މިއީ މިސީޒަންގައ މެސީ ކާމިޔާބުކޮށްދިން 16 ވަނަ ލީގު ލަނޑެވެ. އަދި މިލަނޑާއެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައަށް މެސީ އެރީ ދެވަނާގައި އޮތް އެކުވެރި ސުއަރޭޒްއަށްވުރެ އިތުރަށް އެއް އެސިސްޓް ހަދައިގެންނެވެ.
Leo Messi ➕⚽️@GerardMoreno9 ➕⚽️@alex_isak ➕⚽️⚽️⚽️
The top scorers in #LaLigaSantander! ???? pic.twitter.com/50gUr3mm44
— LaLiga English (@LaLigaEN) February 21, 2021
ކާޑިޒްއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއްމިނަޓަށް ވެފައި ވަނިކޮށެވެ. މިލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ އަކުންނެވެ. އޭރިއާ ތެރެއިން ސޮބްރީނޯއަށް ލެންގްލެޓް ކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ ކާމިޔާބުކޮށްދިނީ އެލެކްސް ފާނަންޑޭޒްއެވެ.
މިނަތީޖާއާއެކު ބާސެލޯނާ ތާވަލްގެ ތިންވަނާގައި އޮތީ 23 މެޗުން ލިބުނު 47 ޕޮއިންޓާއެކުގައެވެ. އަދި 24 މެޗުން ލިބުނު 52 ޕޮއިންޓާއެކު ދެވަނާގައި ވާދަވެރި ރެއަލްމެޑްރިޑް އޮތްއިރު، އެތުލެޓިކޯ މެޑްރިޑް އެއްވަނާގައި އޮތީ 23 މެޗުން ލިބުނު 55 ޕޮއިންޓާއެކުގައެވެ.




