ކޯލާ ކޭހަކާއި ބިސް ކޭހެއްގެ ވެރިފަރާތް ހޯދަނީ!

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ފެބުރުވަރީ 16 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް ޕާކުތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ދަބަހެއް. (ދަބަސްތެރޭގައި: އެމްއައި ބްރޭންޑްގެ ޕަވަރ ބޭންކެއް، އައިފޯން ކޭބަލެއް، މަތިޖެހި ތައްޓެއް، ދެ ޖޫސް ޕެކެޓު) އިންސިޑެންޓް ނަންބަރު 479295

ފެބުރުވަރީ 17 ވަނަ ދުވަހު ރައިވެރި ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ކަރަންޓު ނަރު ރޯލެއް. އިންސިޑެންޓް ނަންބަރު 479405

ފެބުރުވަރީ 19 ވަނަ ދުވަހު ފަރީދީ މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ޝާޒިއާ ބްރޭންޑްގެ ތިން ޕެކެޓު ހަނޑޫ. އިންސިޑެންޓް ނަންބަރު  479528

ފެބުރުވަރީ 19 ވަނަ ދުވަހު ސޯސަންމަގު، އިބްރާހީމީ މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދެ ކޭސް ކޮކާކޯލާ. އިންސިޑެންޓް ނަންބަރު  479524

ފެބުރުވަރީ 19 ވަނަ ދުވަހު ރަށްދެބައިމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދެ ކޭސް ބިސް. އިންސިޑެންޓް ނަންބަރު  479520

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ