އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޭނާގެ ލީޑަރޝިޕްގެ ދަށުން ކުރިއަށްގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައިކަމަށެވެ.
އަދުރޭ ހައްޔަރު ކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ޕްރޮގްރެސިވް ކޯލިޝަނުގެ ސްޕޯކްޕާސަން ހީނާ ވަލީދު ވިދާޅުވީ، އަދުރޭ ހައްޔަރުކޮށްފައި ވަނީ ގެއަށް ވަޑައިގަތުމަށް، ޕާޓީ އޮފީސް ދޮރުމައްޗަށް ނުކުތް ތަނާ ކަމަށެވެ.
އަދި މަޢުލޫމާތު ސާފުކުރުމަށްފަހު މިހާރު އަދުރޭ ދޫކޮށްލައިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފަައެވެ.




