އިޓާލިއަން ސެރީއާގައި މިވަގުތު އޮތް އިދިކޮޅު ހުރިހާ ޓީމަކާއި ދެކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖަހައިފިއެވެ.
އިޓާލިއަން ސެރީއާގައި ރޭ ކޮރޮންޓޭއާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ޔުވެންޓަސް ކާމިޔާބުކޮށްފައިވާއިރު، ޔުވެންޓަސްގެ ލަނޑުތައް ޖަހާދީފައިވަނީ ރޮނާލްޑޯއާއި މެކްކެނީއެވެ. ރޭގެ މެޗުގައި ކޮރޮންޓޭއާއި ދެކޮޅަށް ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑަކާއެކު އޭނާ މިހާރުވަނީ އިޓާލިއަން ސެރީއާގައި މިވަގުތު އޮތް އިދިކޮޅު ހުރިހާ ޓީމަކާއި ދެކޮޅަށް ލަނޑު ޖަހާފައެވެ.
.@juventusfcen earns 3 important points thanks to the brace for @Cristiano and the goal by @WMckennie! ????#JuveCrotone #SerieATIM #WeAreCalcio pic.twitter.com/ox77yKxEmw
— Lega Serie A (@SerieA_EN) February 22, 2021
ރޭ ޖެހި ދެ ލަނޑުވެސް ރޮނާލްޑޯ ޖަހާފައިވަނީ ބޮލުންނެވެ. މި ދެލަނޑުގެ ެއިތުރުންވެސް ލަނޑު ޖަހާނެ ހުސް ފުރުޞަތުތަކެއް ރޮނާލްޑޯއަށް ލިބިގެންގޮސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
Those two Ronaldo headers ????
Nobody does it better ???? pic.twitter.com/rJnIdSDXvo
— Goal (@goal) February 22, 2021
މީގެއިތުރުން ރޭގެ މެޗުގައި ޖެހި ދެލަނޑާއެކު ރޮނާލްޑޯވަނީ ސެރީއާގެ މިސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައަށްވެސް އަރާފައެވެ. 18 ލަނޑާ 3 އެސިސްޓާއެކު ރޮނާލްޑޯ އެއްވަނާގައި އުޅޭއިރު، ދެވަނާގައި އޮތް ލުކާކޫ މިހާތަނަށް 17 ލަނޑުޖަހައި 5 އެސިސްޓް ހަދާފައިވެއެވެ.
އިޓާލިއަން ސެރީއާގެ ތާވަލު މިވަގުތު އޮތް ގޮތަށް ބަލާއިރު، 23 މެޗުން ލިބުނު 53 ޕޮއިންޓާއެކު އިންޓަރމިލާން އެއްވަނާގައި އޮތްއިރު ދެވަނާގައި އޮސް އޭސީ މިލާނަށް 23 މެޗުންލިބިފައިވަނީ 49 ޕޮއިންޓެވެ. އަދި ތާވަލްގެ ތިންވަނަ ލިބޭ ޔުވެންޓަސްއަށް 22 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ.
Every point counts!
The updated #SerieATIM League Table after Matchday 2️⃣3️⃣. #WeAreCalcio pic.twitter.com/a8AI1b5hRr— Lega Serie A (@SerieA_EN) February 22, 2021
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
