ފުލުހުންގެ ތަހުޤީގަށް އޭދަފުށި މީހަކު ހޯދަނީ!

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭދަފުށި މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ޕޮލިސްއަށް ހުށަހެޅި ބަލަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: މަޢުރޫފް ޢަލީ، ބ. އޭދަފުށި/ ނާދީ، (37އ)

އައިޑީ ކާޑު ނަންބަރު: A110673

ހާޒިރުކުރެވޭ ހައިސިއްޔަތު: މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް/ ތަހުގީގަށް ސުވާލުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ހުޅުމާލެ ޕޮލިސް،   2021 މާރިޗު 03 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ