މޯލްޑިވިއަނަށް ޖޫސް ސަޕްލައިކޮއްދޭނެ ފަރާތެއް ހޯދަނީ!

ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ ފްލައިޓްތައް އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އަށް ޖޫސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެކުންފުނިން ކޮށްްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ މަންތިންދާ ބޯޓުތަކުގައި ދަތުރުކުރާ ފަސިންޖަރުން ބޯން ބޭނުން ކުރާނެ ޖޫސް ސައިޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އެހެންނަމަވެސް އެއީ ކޮން ބްރޭންޑެއްގެ ޖޫހެއް ކަމެއް ބުނެފައެއް ނުވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 04 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބައްދަލުވުން 22 މާރިޗް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އެކުންފުނީގެ އޮފީހުގައި އޮންނާނެ ކަމަށާއި އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.

އިއުލާން

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ