އެމް.ޑަބްލިޔު.އެސް.ސީ އަށް ހދ. ކުމުންދޫ އިން ޕްރޮޖެކްޓް އޮފީހެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކޮށްފިއެވެ.
މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މިގެ ކުރިން އެކުންފުނިން ހދ. ކުމުންދޫ އިން ތަކެއް ކުއްޔަށް ހިފުމަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުވާތީ ލިބިފައިވާ ބީލަންތައް ބާޠިލުކޮށް އަލުން އިޢުލާން ކުރާކަމަށެވެ.
އެގޮތުން އެ ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ހދ. ކުމުންދޫގައި އެކުންފުނީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްގެ މަސައްކަތަށް ދާ މުވައްޒަފުން ބޭތިއްބުމާއި ޕްރޮޖެކްޓް އޮފީހެއް ޤާއިމް ކުރުމަށް އެކުންފުންޏަށް، ހދ. ކުމުންދޫ އިން ކުއްޔަށް ދޫކުރާނެ ތަނެއް ހޯދަން އަލުން ވަނީ އިޢުލާނުކޮށްފައެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ފެބުރުވަރީ 2021 ގައި މައުލޫމާތު ސާފުކުރެއްވުމަށްފަހު 01 މާރިޗު 2021 ގައި އަގު ހުށައެޅުއްވުމަށް އެފަރާތުން ވަނީ އެދިލައްވާފައެވެ.
ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް:
- 03 ކޮޓަރީގެ އެޕާޓްމަންޓް ތަކަށް ވާން ޖެހޭނެއެވެ.
- މަދުވެގެން 03 ކޮޓަރީގައި ފަރުނީޗަރު ވެއްދިފައި ހުރުން.
- މަދުވެގެން 03 ފާޚާނާ ހުރުން،
- އެޕާޓްމެންޓްގެ އެއް ކޮޓަރި ނުވަތަ ސިޓިންގް ރޫމް އެ ކުންފުނިން ބޭނުންކުރާނީ ސައިޓް އޮފީސް ހެދުމަށް
- އެ ކުންފުނިން ތަން ޗެކުކޮށް އެންމެ އެކަށީގެންވާ ގޮތަކަށް ހަދައި ސެކިއުރިޓީ ރަނގަޅުތަނަކަށް ވުން،
- އުނދުން އަދި ހިފާ ގެންގުޅޭ ސާމާނާއި، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ހުރުން،
- އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެއްޗަކީ ބާވެހަލާކުވެފައިވާ ތަކެތިކަމުގައި ނުވުން.



