ދެވަނަ ބައްދަލުވުމުންވެސް މޭގަން އަކީ ހާއްސަ މީހެއްކަން އެނގުނު: ޕްރިންސް ހެރީ

ޕްރިންސް ހެރީ އާއި މޭގަން މާކަލް ޑޭޓް ކުރި ދުވަސްވަރު، ދިޔަ ދެވަނަ ޑޭޓުންވެސް މޭގަން އަކީ ހާއްސަ މީހެއް ކަން އެނގުނު ކަމަށް ޕްރިންސް ހެރީ ބުނެފިއެވެ.

ޖޭމްސް ކޯޑަންގެ "ލޭޓް ލޭޓް ޝޯ"ގެ ތެރެއިން ޕްރިންސް ހެރީ އާއި ބައްދަލުކޮށް ދެކެވެނު ވާހަކައިގެ ތެރެއިން ޕްރިންސް ހެރީ ބުނީ، ދެމީހުންގެ ގުޅުން ފެށުނު ދުވަސްކޮޅުވެސް ހާއްސަ ގުޅުމެއް ދެމީހުންގެ ދެމެދުގައި އޮތްކަން އިހްސާސްވި ކަމަށެވެ.

މޭގަންއަކީ ހެރީގެ ހަޔާތުގެ ބައިވެރިޔާކަން އެނގުނީ ކޮން ވަގުތަކުތޯ ސުވާލުކުރުމުން، ހެރީ ބުނީ، ދިޔަ ދެވަނަ ޑޭޓުން މޭގަން އަކީ ހާއްސަ މީހެއްކަން އެނގުނު ކަމަށެވެ. އެގޮތުން އެކަކު އަނެކަކާއެކު ވަގުތު ހޭދަކުރަން ދެމީހުންނަށްވެސް ވަރަށް ކޮމްފޮޓަބަލްވި ކަމަށް ހެރީ ބުންޏެވެ.

ހެރީ އާއި މޭގަން ޑޭޓް ކުރަން ފެށީ 2016 ވަނަ އަހަރުއެވެ. ޑޭޓް ކުރަން ފެށިއިރު، މޭގަން އަކީ ހޮލީވުޑްގެ އެކްޓްރެސްއެކެވެެ. ދެމީހުން ކައިވެނިކޮށް، މޭގަން ޝާހީ އާއިލާގެ ޒިންމާތަކާއި ގުޅުނީ، 2018 ވަނަ އަހަރުއެވެ.

ކައިވެންޏަށް ލިބުނު ފުރަތަމަ ދަރިފުޅު އާޗީ ލިބުނު ފަހުން، 2020 ވަނަ އަހަރު ޖެނުވަރީ މަހު ދެމަފިރިން ވަނީ ޝާހީ ޒިންމާތަކުން އެއްކައިރިވެފައެވެ. އަދި އެނބުރި ޝާހީ މެންބަރެއްގެ ގޮތުގައި ނުދާނެކަން މި ދެމަފިރިން ދާދިފަހަކުން ކަށަވަރު ކޮށްދިން އިރު، މޭގަން ހުރީ ދެވަނަ ދަރިއަކަށް ބަލިވެއެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ