ކޮރަޕްޝަންގެ ތުޙުމަތުގައި ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް ބާޓޮމެއު ޙައްޔަރުކޮށްފިއެވެ.
ރިޕޯރޓްތައް ބުނާގޮތުން ރައީސް ބާޓޮމެއުގެ އިތުރުން ޗީފް އެގްޒެކިއުޓިވް އޮސްކާ ގްރައޫ އަދި ލީގަލް ހެޑް ރޯމަން ޕޮންޓީވެސް ހިމެނެއެވެ.
ބާސެލޯނާގެ ރައީސްގެ މަޤާމުން ބާޓޮމެއު އިސްތިއުފާދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ. ބާޓޮމެއު އިސްތިއުފާ ދިނީ އޭނާގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން ބާސެލޯނާގެ އާންމު މެމްބަރުން ތައްޔާރުވަމުން ދަނިކޮށެވެ. ނަމަވެސް މަގާމުން އިސްތިއުފާ ނުދޭނެ ކަމަށް ވިދާޅުވިތާ ދެ ދުވަސް ވެސް ނުވަނީސް ޕްރެޝަރު ބޮޑުވެ ބާސެލޯނާގެ ރައީސްގެ މަގާމުން ޖޯސެފް ބާޓޮމެއު އިސްތިއުފާދިނީއެވެ.
ރިޕޯރޓްތައް ބުނާގޮތުން ބާޓޮމެއު ޙައްޔަރުކޮށްފައިވަނީ ބާސެލޯނާއިން މިދިޔަ އަހަރު ސޯޝަލް މީޑިއާ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުމަކާއި ގުޅިގެންނެވެ. އެ ކުންފުނި ބޭނުންކޮށްގެ ބާސެލޯނާގެ މުހިންމު ކުޅުންތެރިންގެ އަގު ވައްޓާލަން އުޅުނުމުގެ ތުޙުމަތު ބާޓޮމެއުއަށް ކޮށްފައިވާއިރު، އެކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ލިއޮނަލް މެސީއާއި ކޯޗު ގާޑިއޯލާ އަދި ޒަވީގެ އިތުރުން ޑިފެންޑަރު ޕީކޭވެސް ހިމެނެއެވެ.
BREAKING: Ex-Barcelona president Josep Bartomeu has been arrested today, reports @el_pais ????
The arrest is reportedly in relation to the "Barcagate" scandal in which the club allegedly hired a social media company to publicly discredit players and staff pic.twitter.com/VU4UzTtM8y
— B/R Football (@brfootball) March 1, 2021
އަދި މިތުޙުމަތުތައް މިދިޔަ އަހަރުގެ ފެބްރުއަރީމަހު ބާސެލޯނާއިން ދޮގުކޮށްފައިވާއިރު، ބާޓޮމެއު ބުނެފައިވަނީ ސޯޝަލް މީޑިއާ ކުންފުންޏަކާއެކު ބާސެލޯނާއިން އެއްބަސްވުން ހަދާފައިވަނީ އެތެރޭގެ އޮޑިޓެއް ހެދުމުގެ ބޭނުމުގައިކަމަށެވެ. ނަމަވެސް މާކެޓު އަގަށްވުރެ ހަގުނަ އިތުރަށް މި ސޯޝަލް މީޑިއާ ކުންފުންޏަށް ބާސެލޯނާއިން ޚަރަދުކޮށްފައިވާކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭގައިވަނީ ފަޅާއަރާފައެވެ.




